އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ބުރާސްފަތިދުވަހުގެރޭ ބޭއްވި އެއްވުން ހުއްޓުވުމުގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން ފެނުނީ ލަދުވެތި އަމަލުތަކެއްކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ ބުރާސްފަތިދުވަހުގެރޭ އެއްވުމުގައި ބައިވެރިވި އަންހެނެއްގެ އަތުން އިންޑިއާ އައުޓް ދިދައެއް އަތުލުމަށް އެމްއެންޑީއެފްގެ ބޭކަލެއް އެ އަންހެން މީހާ ފަހާ ދުވިދުވުމާއި ގުޅިގެނެވެ. ސިފައިންގެ މީހާގެ ފަރާތުން ފެނުނު އަމަލާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުންދާއިރު، ރައީސް ޔާމިންވެސް ވަނީ އެކަމާއި ގުޅިގެން ޓްވީޓެއް ކުރަށްވައި ފާޑުވިދާޅުފައެވެ.
ރައީސް ޔާމީންގެ ޓްވީޓްގައި ވިދާޅުވީ އިންޑިއާ އައުޓް ގޮވާ އަޑުއުފުލަމުންދިޔަ ހިތްވަރު ގަދަ އަންހެން މީހާ ހުއްޓުވުމަށް ފުލުހުންނާއެކު ސިފައިންވެސް ނިކުމެފައިވާކަމަށެވެ. އަދި މިއީ އަސްކަރިއްޔާގެ ބޭފުޅެއްގެ ފަރާތުން ފެންނަންޖެހޭ ފަދަ އަމަލުތަކެއް ނޫންކަމަށާއި، މިއީ ލަދުވެތި އަމަލުތަކެއްގެ ގޮތުގައި ރައީސް ޔާމިން ސިފަކުރެއްވިއެވެ.
ރައިސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ރައީސް ނަޝީދު ގައުމަށް ދިނީ އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއްކަމަށެވެ. އަދި މިހާރު ރައީސް ސާލިހުގެ ވެރިކަން ރައީސް ޔާމީންގެ ޓްވީޓްގައި ސިފަކުރެއްވީ ކެމްބޯޑިއާގައި ވެރިކަން ކުރި ހުދުމުހުތާރު ވެރިޔާ އަދި އެތައް މިލިއަން ބަޔަކު މެރި ޕޮލްޕޮޓްގެ އަމަލުތަކާއި އެއްގޮތަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓުވާތީ އެމްނެސްޓީ އިންޓަނޭޝަނަލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ސަރަހައްދުގެ ރީޖަނަލް އޮފީހުން ބުނީ ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުންދާ ފަރާތްތައް ހުއްޓުވައި، ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅަމުންދާކަމުގެ ރިޕޯޓްތަކާއި މަންޒަރުތައް ލިބެމުންދާކަމަށާއި، އެއީ އެ ޖަމުއިއްޔާއިން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށެވެ. މީގެއިތުރުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ނެރުނު ގަރާރާއިމެދު ކަންބޮޑުވުވާކަމަށްވެސް އެމްނެސްޓީން ބުންޏެވެ.
ދިވެހި އަސްކަރިއްޔާގެ އަމަލުތަކަށް ރައީސް ޔާމިން ފާޑުވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި ފުލުހުންނާއި ސިފައިން ބޭނުން ކުރަށްވައިގެން އެފަދަ އެތައް އަމަލުތަކެއް ހިންގާފައިވާކަން ގިނަބަޔަކު ފާހަގަކުރެއެވެ. އެގޮތުން ސިފައިން ލައްވާ މަޖިލިސް މެންބަރުން މަޖިލިސް ކުރާގެއިން ގަދަކަމުންނެރެ ފާރުމަތިން އުކުމާއި ސްޕްރީމް ކޯޓު ފުރާޅުން ޓިނު ނެގުން ފަދަ އަމަލުތަކުގެ ހަނދާންތައް ގިނަ ބަޔަކު ދަނީ އާކޮށްދެމުންނެވެ.

Prz Nasheed’s govt gifted us economic servitude as payback.The present PolPot fiefdom is enthralled in the mocking Saamant’s half nelson hold.Hail Frau😜Frankenstein’s monster force is joined by the army hunting down the brave women chanting lndia OUT. Display of chivalry? Shame
— Abdulla Yameen (@prz_ymn) May 21, 2022
ރައިސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ރައީސް ނަޝީދު ގައުމަށް ދިނީ އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއްކަމަށެވެ. އަދި މިހާރު ރައީސް ސާލިހުގެ ވެރިކަން ރައީސް ޔާމީންގެ ޓްވީޓްގައި ސިފަކުރެއްވީ ކެމްބޯޑިއާގައި ވެރިކަން ކުރި ހުދުމުހުތާރު ވެރިޔާ އަދި އެތައް މިލިއަން ބަޔަކު މެރި ޕޮލްޕޮޓްގެ އަމަލުތަކާއި އެއްގޮތަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓުވާތީ އެމްނެސްޓީ އިންޓަނޭޝަނަލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ސަރަހައްދުގެ ރީޖަނަލް އޮފީހުން ބުނީ ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުންދާ ފަރާތްތައް ހުއްޓުވައި، ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅަމުންދާކަމުގެ ރިޕޯޓްތަކާއި މަންޒަރުތައް ލިބެމުންދާކަމަށާއި، އެއީ އެ ޖަމުއިއްޔާއިން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށެވެ. މީގެއިތުރުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ނެރުނު ގަރާރާއިމެދު ކަންބޮޑުވުވާކަމަށްވެސް އެމްނެސްޓީން ބުންޏެވެ.
ދިވެހި އަސްކަރިއްޔާގެ އަމަލުތަކަށް ރައީސް ޔާމިން ފާޑުވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި ފުލުހުންނާއި ސިފައިން ބޭނުން ކުރަށްވައިގެން އެފަދަ އެތައް އަމަލުތަކެއް ހިންގާފައިވާކަން ގިނަބަޔަކު ފާހަގަކުރެއެވެ. އެގޮތުން ސިފައިން ލައްވާ މަޖިލިސް މެންބަރުން މަޖިލިސް ކުރާގެއިން ގަދަކަމުންނެރެ ފާރުމަތިން އުކުމާއި ސްޕްރީމް ކޯޓު ފުރާޅުން ޓިނު ނެގުން ފަދަ އަމަލުތަކުގެ ހަނދާންތައް ގިނަ ބަޔަކު ދަނީ އާކޮށްދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު