ހދ. ހަނިމާދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 11 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާ މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ 6 ފެބްރުއަރީ 2022ގައެވެ. އެމިސްކިތް އެޅުމުގެ މަަަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިއްމާގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު