މާލޭގައި ހިންގާ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ކުދިން ވެއްދުމަށް ފޯމް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ގްރޭޑް 1 އަށް ކުދިން ވެއްދުމަށް ފޯމް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ މޭ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސަރުކާރު ސްކޫލްތަކުގެ އެހެނިހެން ގްރޭޑްތަކަށް ވަނުމަށް ފޯމް ހުށައެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެނެެވެ.
ސްކޫލަށް ޖާގަ ހޯދުމަށް އޮންލައިންކޮށް ފޯމް ހުށައެޅޭނެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިނިސްޓްރީގެ ޕޯޓަލް އިން ފޯމް ހުށައެޅޭނެއެވެ.
ތަޢުލީމީ ނިޒާމަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގައި، ދިރާސީ އަހަރު ފެށޭ ދުވަސްވަރަށް ވަނީ ބަދަލު ގެނެސްފައެވެ. 2021 ވަނަ އަހަރު ގެނައި މި ބަދަލުގައި، ކުރިން އާ އަހަރާއެކު ފައްޓަމުން އައި ދިރާސީ އަހަރު، މިހާރު ފަށަނީ އަހަރުގެ މެދުތެރެއިން ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުއެވެ.
މިގޮތުން މިއަހަރުގެ ދިރާސީ އާ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެ ދެވަނަ ހަފްތާގައެވެ.
މި ބަދަލާއެލު މިދިޔަ އަހަރު އޮގަސްޓްގައި ފެށި ދިރާސީ އަހަރު ނިމޭނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު