ކުރީ ސަރުކާރުން އަލަށް ތަރައްގީކުރަންފެށި ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) ގެ ޕެސެންޖަރ ޓާމިނަލްގެ ވާހަކައަކީ އެތަނެއްގެ ވާހަކަ އަޑުއިވޭތާ ވަރަށް ދުވަސްވީ ތަނެކެވެ. ކުރީގެ ސަރުކާރުގެ ތަރައްގީއާއި ގުޅުވައިގެން ބަޔަކު ވަރަށް ބާރަށް ދައްކާވެސް ވާހަކައެކެވެ. އެކަމަކު އެތަނުގެ މިހާރުގެ ތަސައްވަރާއި އެތަނުގެ ހަގީގަތް އެނެގެނީ ތީގެ ތެރެއިން ކިތައް ބޭފުޅުންނަށް ކަމެއް ނޭނގެއެވެ.
އަޅުގަނޑުމެން ހީކޮށްގެން ތިބީ މިދެންނެވި ވީއައިއޭގެ ނުވަތަ ދިވެހީންގެ ވައިގެ މައި ދޮރޯށިން ދެން ވަދެވޭނީ ދިވެއްސަކަށް ވީތީ ފަޚުރުވެރިވާފަދަ އިހުސާސްތަކަކާއި އެކީގައި ކަމަށެވެ. އެތަނުގެ ފަރުމާއިން ފެންނާނީ ދިވެއްސަކަށްވީތީ ފަޚުރުވެރިވާ ފަދަ ނަލަ ހިތްގައިމު މަންޒަރު ތަކެއް ކަމަށެވެ. ނަމަވެސް ކުރެވެމުންދިޔަ އުފާވެރި އިހުސާސްތައް ފަނޑުވެގެން ދިޔައީ ދިވެއްސަކަށްވީތީ ފަޚުރުވެރިވާނެ އެއްވެސް ސިފައެއް ނެތް "ބިއްލޫރި" ކޮށްޓެއްގެ ގޮތުގައި އެތަނުގެ ފަރުމާ ފެނުމުންނެވެ. މިއީ ކުރީގެ ސަރުކާރުން ފަރުމާކޮށްފައިވާ ޕެސެންޖަރ ޓާމިނަލްގެ ބިލްޑިންގެ ކުރެހުންތައް ފެނުމުން ކުރެވުނު އިހުސާސް ތަކެވެ. ފެންނަ ފެނުމަށް އެތަން ވަރަށް ވެސް ޒަމާނީއެވެ.

ވީއައިއޭ އަކީ ކުރީގެ ސަރުކާރުން ތަރައްގީ ކުރަން ފެށި މަޝްރޫއެކެެވެ. އެކަމަކު މިދަންނަވާލީ އޭރު އެތަން ފަރުމާކޮށްފައިވާ ގޮތައި އޭރު އެމީހުން ވިސްނުން ގެންގުޅުނު ގޮތުގެ ވާހަކައެވެ. އެއީ މާޒީ ކަމަށްވާތީ އެވާހަކައިގެ މާބޮޑު ތަފުސީލަކަށް ދާކަން ނެތީމެވެ. އެކަމަކު އެ ޓާމިނަލާމެދު އާންމުންނަށް ކުރެވިފައި އޮތް ތަސައްވަރުގެ ހަގީގަތް ހަމަކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ އެވާހަކަ ދައްކާލާނަމެވެ.
ދިވެހީންގެ މައި ދޮރާށި ބަލަހައްޓައި ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ދާދި ފަހުން ވަނީ މިދެންނެވި ޓާމިނަލްގެ ނުވަތަ ގިމަތައިގެ އާ ތަސައްވަރު ދައްކާލާފައެވެ. ރައީސް ސާލިޙުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެއާޕޯޓް ޓާމިނަލްގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ތެދުފުޅެކެވެ. ރައީސް ޔާމިންގެ ސަރުކާރުގައި އެއާޕޯޓް ރަންވޭގެ މަސައްކަތް އޮތީ ނިމިފައެވެ. ރައީސް ސާލިޙު ސަރުކާރާއި ހަވާލުވެވަޑައިގެން އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ފެށިއެވެ. ހުއްޓިފައިވާ ޓާމިނަލް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށާފައެވެ. ކުރީގެ ސަރުކާރުން ބިއްލޫރި ކޮއްޓެއްހެން ފަރުމާކޮށް ކުރަހާފައިވާ ޓާމިނަލަށް މި ސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ކުރީގެ ސަރުކާރުން ފާސްކޮށް، ފަރުމާކޮށްފައިވާ އެހެން އިމާރާތްތަކާއި ބިނާތަކަށް ނަޒަރު ހިންގައިލުމުންވެސް ފެންނަނީ އެއްވެސް "ދިވެހިވަންތަ ކަމެއް" ނެތް ކަޓު ފަރުމާތަކެވެ. ކޮންމެވެސް ބޭރުގެ ފަރުމާއެއް ނަކަލުކޮށްގެން ކޮށްފައިވާ ފަރުމާ ތަކެކެވެ. ނަމަވެސް މިސަރުކާރުން ގެނައި ބަދަލު ތަކާއެކު ފަހުގެ ކުރެހުންތަކުން ރާއްޖޭގެ މައިދޮރާށީގެ މަލަމަތި ވަނީ މުޅިން ބަދަލުވެފައެެވެ. ފެންނަނީ "ޖަޒީރާވަންތަ" ޖަޒީރާ ރާއްޖެ ސިފަކޮށްދޭ ދިވެހި ވަންތަ އެއަރޕޯޓެކެވެ.
ކުރީގެ ސަރުކާރުން 2016 ވަނަ އަހަރު ވީ.އައި.އޭ. ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، ކުރީގެ ސަރުކާރުން ނިންމައި ފާސްކުރީ، ބިއްލޫރި ޖަހާފައިވާ "ފަސާޑެއް" ހިމެނޭ "ކޮށިގަނޑެއް"ގެ ސިފައިގައި އެ ތަން ބިނާކުރުމަށެވެ. ބިއްލޫރި ފަސާޑަކީ، ޒަމާނީ ޑިޒައިނެކެވެ. އާންމުކޮށް މި ޒަމާނުގެ އޮފީސް އިމާރާތްތަކުގެ އިތުރުން، ގިނަ ގައުމުތަކެއްގެ އެއަރޕޯޓް ޓަރމިނަލްތަކުން ފެންނަ މަންޒަރެކެވެ. ކޮންމެއަކަސް ބިއްލޫރި ކޮށިގަނޑުގެ ފަރުމާއާއެކު ކުރިއަށްދާން ނިންމައި، ކުރީގެ ސަރުކާރުން އެ މަސައްކަތް ފެށިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެއަރޕޯޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް އެމަނިކުފާނު ވަނީ އެކި ފަހަރުމަތިން ބައްލަވާލައްވާފައެވެ. އެ ތަނުގައި ޕެސެންޖަރ ޓަރމިނަލް ބިލްޑިންގގެ ގޮތުގައި ހަދަން ކުރިން ނިންމާފައިވާ "ކޮށިގަނޑު"ގެ ސިފައަކީ އެމަނިކުފާނު ހިތްޕުޅުހަމަޖެހޭ ފަރުމާއަކަށް ނުވިއެވެ. އަދި، އެކަމަށް އިސްނަންގަވައިގެން، އެ ތަނުގެ ޑިޒައިން ބަދަލު ކުރުމަށް ރައީސް އިރުޝާދުދެއްވިއެވެ. އެއީ ކޮންމެހެން ކުރީ ސަރުކާރުން ކޮށްފައިވާ ކަމަކަށް ބަދަލެއް ގެނައުމުގެ އެއްވެސް ނިޔަތެއް އޮވެގެނެއް ނޫނެވެ. އެ ތަނުގައި ދިވެހިވަންތަ އެއްވެސް ސިފައެއް ނެތުމުންނެވެ. ޓްވީޓެއް ކޮށްލައިގެން ދިވެއްސަކަށް ވީތީ ފަޚުރުވެރިވެޔޭ ބުނެވޭފަދަ އެއްވެސް ފާޑެއް، އަދި ގޮތެއް ވެސް އެ ތަނުގައި ފެންނަން ނެތުމުންނެެވެ. ދިވެހިރާއްޖޭގެ މައި ދޮރާއްޓަކީ ދިވެހީންނަށް ފަޚުރުވެރިވެވޭފަދަ، ދިވެހިވަންތަ ރަމްޒަކަށް ހެއްދެވުމުގެ މުހިންމުކަމަށް ރައީސް ޞާލިހަށް ގަބޫލުފުޅު ކުރެއްވުނީ މާ ބޮޑުކޮށެވެ.
ރާއްޖެއަށް ތަރައްގީ ގެނައުމުގައި ރައީސް ޞާލިހު ގެންގުޅުއްވާ ސިޔާސަތަކީ "ޖަޒީރާ ރާއްޖެ" ކޮންސެޕްޓެވެ. ރައީސް ބޭނުންފުޅުވީ، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފަޚުރުވެރި ތާރީޚާއި އިސްލާމީ ވަހުދަތާއި އާސާރާއި ސަގާފަތް، ރާއްޖޭގެ މައިދޮރާއްޓަށް ނަޒަރު ހިންގައިލާ ކޮންމެ ކަނަކުން ވެސް ފެނުމެވެ. މިޖަޒީރާ ވަންތަ ރާއްޖޭގެ ރީތި ނަމަ ހިތްގައިމު ސިފަތަކާއެކު ދިވެހީންގެ ކުޅަދާނަ ފަންނުވެރިކަން ފެނި، މައިދޮރާށިން އެތެރެވާ ކޮންމެ މީހެއްގެ ހިތަށް އުފާވެރިކަން ގެނެސްދިނުމެވެ. ދިވެހީންގެ ދިވެހިވަންތަކަން ރަމްޒުކޮށްދިނުމެވެ. ދިވެއްސަކަށް ވީތީ ދިވެހީން ފަޚުރިވެރިވާ ވަރުގެ ތަނަކަށް އެތަން ހެދުމެވެ.

މިހާރު ފާސްކޮށްފައިވާ އައު ކުރެހުންތަކުން ފެންނަނީ މިދެންނެވި ތަަަސައްވުރެވެ. ޕެސެންޖަރ ޓަރމިނަލް ބިލްޑިންގގެ ފަސާޑަށް އައު ބައެއް ވަނީ އިތުރުކޮށްފައެވެ. ދުރުން ބަލައިލުމުން ސިފަ ވާނީ ރާޅުބާނީތަކެކެވެ. އަތްވާއި ވާރެއިން ފަސިންޖަރުން ހިމާޔަތްކޮށްދޭން ބޭރުގައި ހަދާ އަސްކަނިން ފެންނަނީ ދިވެހީންގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ފަރުމާއެކެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ބުރަ މަސައްކަތުން، ހިރިގަލުގައި ކަނޑައިނަގައިފައިވާ ރީތި ކުރެހުންތަކުން މިސާލު ނަގައިގެންނެވެ. މާލޭ ހުކުރު މިސްކިތުގެ ފާރުތަކުން ފެންނަ ހިރިގަލުގެ ޒީނަތްތެރިކަމުގެ ފަރުމާތައް ނަކަލުކޮށްގެންނެވެ.
ޓަރމިނަލް ބިލްޑިންގގެ މަލަމަތީގެ އިތުރުން، އެ ތަނުގެ އެތެރޭގެ ޑިޒައިނަށް ވެސް ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ތަނުގެ އެރައިވަލް އަދި ޑިޕާޗަރ ހޯލުން ފެނިގެން ދާނީ، ރާއްޖޭގެ ރީތި ރަށެއްގެ ގޮނޑުދޮށުން ފެންނާނޭ މަންޒަރުތަކާއި ކުލަތަކެވެ. އެރައިވަލް ހޯލުން ފެނިގެން ދާނީ، ތުނޑިމަތީން މޫދަށްއެރޭއިރު ފެންނާނެ ކުލަތަކެވެ. އަދި، ޑިޕާޗަރ ހޯލުން ފެންނާނީ، ގޮނޑުދޮށުން ރަށުތެރެއަށް އަރައިގެން އަންނަ ވަގުތު ފެންނާނެ ކުލަތަކެވެ. އެ އިހުސާސްތަކާއި އެ ހިތްގައިމު ޝުޢޫރު ތަކެވެ. އަދި، ޑިޕާޗަރ ހޯލުގައި ހުރެ މައްޗަށް ނަޒަރު ހިންގައިލުމުން ފެންނާނީ ރާއްޖޭގެ ޖަޒީރާ ރަށްތައް ދައްކުވައިދޭ ގޮތަށް، ދިއްލައިލާފައިވާ ޗާޓެކެވެ.

ވީ.އައި.އޭ.ގެ ޕެސެންޖަރ ޓަރމިނަލް ބިލްޑިންގަށް މި ސަރުކާރުން ގެނަސްފައިވާ ބޮޑެތި ބަދަލުތަކަކީ އެ ތަނަކީ ދިވެހީންގެ ދިވެހިވަންތަކަމާއި ތަރިކައާއި ސަގާފަތާއި ތާރީޚު ރަމްޒަކަށް ބަދަލުކޮށްލާނެ ބަދަލު ތަކެކެވެ. ރައީސް ޞާލިހުގެ މޭސްތިރިކަމުގައި ނިންމާފައިވާ މިދެންނެވި މުހިންމު ނިންމުންތަކާއެކު ފަރުމާކޮށް ފާސްކޮށްފައިވާ މިދެންނެވި އައު ތަސައްވަރާއެކު، ގައުމުގެ މައި ވައިގެ ބަނދަރުން ފެންނާނެ މަންޒަރުތައް ބަދަލުކޮށްލާނެއެވެ. މުޅި އެއަރޕޯޓުގެ ތަސައްވުރަށް "ޖަޒީރާވަންތަ" ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެއެވެ. މިތަނަށް ވަދެލުމުން ނުވަތަ ފެނުމުން ދިވެއްސަކަށް ވީތީ ހަގީގަތުގައި ވެސް ފަޚުރުވެރި ވެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު