ގޭބިސީތަކުން އުކާލަން ނެރޭ ކުނި ބައިބަޔަށް ވަކިކޮށް ނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އަންގައިފިއެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 17 އޯގަސްޓް 2021 ގައި ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދުގެ އިސްލާހުގައިވާ ގޮތުގެމަތިން ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން އުކާލާ ކުނި ގޭބިސީތަކުން ނެރޭއިރު ހުންނަން ވާނީ 4 ބަޔަށް ބަންދުކޮށް އެއްކުނީގެ ބާވަތް އަނެއް ކުނީގެ ބާވަތާ އެއްނުވާނެހެން ވަކި ކޮތަޅުގައި ބަންދުކޮށްފައި ކަމަށެވެ. ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނީގެ ކޯލް އެންޑް ޕިކަޕް (ކެޕްސް) ގެ ޚިދުމަތް ނުވަތަ ކުލީ ޕިކަޕުގައި އެހެން ކުންޏާ އެއްނުވާނެހެން އުކާލެވޭނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.
އެކުންފުނީގައި ކުނި އުކާލުމުގެ ޚިދުމަތަށް ރެޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކާއި އަދި ވިޔާފާރި ކުންފުނިތަކުގެ އިތުރުން އަމިއްލައަށް ސައިޓަށްގޮސް ކުނި އުކާލާ މީހުންވެސް މިއުސޫލަށް އަމަލުކުރުމަށްވެސް ވެމްކޯއިން ވަނީ އެދިފައެވެ. އަދި މިގޮތަށް ކުނި ވަކިކޮށްފައި ނުވާނަމަ އެކުނި ބަލައިނުގަމުގެ އިޚްތިޔާރު އެކުންފުންޏަށް ލިބިގެންވާ ކަންވެސް ވެމްކޯއިން ނެރުނު ބަޔާނުގައިވެއެވެ.
ވެމްކޯއިން ވަނީ ފުރަމާލެ ސަރަހައްދުން ބޭރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ކުނި އުކާލާ މީހުންވެސް 4 ބަޔަށް ކުނި ވަކިކޮށްގެން އުފުލަން ސަމާލުވުމަށް އެދިފައެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އޯގަސްޓް 2021 ގައި ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމާބެހޭ ގާނޫނުގެ ދަށުން މިގޮތަށް ކުނި މެނޭޖްކުރަމަށް އެ ކުންފުންޏަށް ލާޒިމްކުރާ ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ.
ކުނި ވަކިކުރުމަކީ ދުނިޔޭގެ ތަހުޒީބު ގިނަ މުޖްތަމައުތަކެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ތެރެއިން ކާމިޔާބުކަމާއި އެކީ ތަޖުރިބާ ކޮށްފައިވާ ކަމެއް ކަން ފާހަގަކުރެވެއެެވެ.
އެގޮތުން ގެނެވޭ މިބަދަލާއެކު އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ރީސައިކަލްކޮށްގެން އިތުރު ނަފާއެއް ހޯދުމުގެ ފުރުސަތު ލިބުމާއި މެނޭޖްކުރަންޖެހޭ ކުނީގެ އަދަދު ނިސްބަތުން މަދުވުމުގެ އިތުރުން ދެމެހެއްޓެނެވި އުސޫލަކުން ކުނި މެނޭޖްކުރުމަށް އިތުރު ލުއިފަސޭހަތަކެއް އެކޯޕަރޭޝަނަށް ލިބިގެންދާނެ ކަމަށް ވެމްކޯ އިން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު