އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި ހިމެނޭ 3 ފަޅެއް ވިއްކަން އިއުލާން ކޮށްފައިވަނީ، އެފަޅުތަކާއި ގުޅޭގޮތުން ކުރާ ތަހުގީގްތަކުގެ މައުލޫމާތުތައް ހޯދައި، އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރުމަށްފަހުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހަމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިއްކާލަން މަސައްކަތްކުރަނީ ކުރީ ސަރުކާރުގައި ސިންގަޕޫރުގެ ސަނީ ހޯލްޑިންސްއަށް މާފުށީ ކައިރިން ދޫކޮށްފައިވާ ފަޅާއި، ތުރުކީގެ ވިޔަފާރިވެރިންތަކެއް ހިމެނޭ ޑެޕެޒާ ސާވިސަސްއިން ކުއްޔަށް ނަގާފައިވާ ކ. ވާވެއްދި ފަޅާއި ދުބާއީގެ ޑެލްމާ ކުންފުނިން ކުއްޔަށް ނަގާފައިވާ ކ. ތޮޅިމަރާހުރާ ފިނޮޅާއި ފަޅެވެ.
މިތިން ފަޅު ވިއްކާލުމުގެ ކުރިން އިއުތިރާޒު ކުރާ ފަރާތެއް ހުރިތޯ ބަލަން މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިތިންފަޅުވެސް ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ފަޅުތައް ކުއްޔަށްހިފާފައިވާ ފަރާތައް ލިބިދީފައިވާ އެންމެހާ ހައްޤުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅާފައިވާތީ، އެ ފަޅާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ އެކަން ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިތިން ފަޅު ވިއްކާލަން އިއުލާން ކޮށްފައިވަނީ ދައުލަތުގެ ތަހުގީގީ އިދާރާތަކާއި، ޕީޖީ އޮފީހުންވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައިކަމަށެވެ. އަދި މިތިން ފަޅާއި ގުޅޭ އެއްވެސް ތަހުގީގެއްވެސް އަދި މިތިން ފަޅާއި ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާކުރުމަށްވެސް ފޮނުވާފައި ނުވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު