ހދ. ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ "ދޮށި ބޯޓު" ނައިފަރުން ނިކުންނަނިކޮށް ކަނޑުތޮށީގައި ޖެހި ފަޅައިގެން ހިނގައްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓަށް ގެއްލުން ލިބުނީ ނައިފަރަށް މުދާބާލާފައި އެރަށުން ނިކުންނަނިކޮށް ގަލެއްގައި ޖެހިގެން ނެވެ. އަދި ބޯޓުގެ ދެތަނަކުން ފަޅައިގެން ގޮސްފައިވާތީ ނައިފަރު ރައްޔިތުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ނޮދަން އޭރިއާ ގުޅިގެން، ނައިފަރު ބަނދަރަށް ބޯޓު ކައިރިކޮށް ފަޅައިގެން ގޮސްފައިވާ ތަން ބެއްދުމަށްފަހު ބޯޓުގެ ދިޔަގަނޑު މިހާރުވަނީ ހިއްކާފައެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ނައިފަރު ފަޅުތެރޭގައި އޮތް "ދޮށި" ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު، ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރި ވަމުންދާކަމަށެވެ.

މިރޭ 7:50 އެހާކައްހާއިރު މި ހާދިސާ ހިނގިއިރު ގިނަ އަދަދެއްގެ މުދަލާއިއެކު 30 އަށް ވުރެ ގިނަ މީހުން ބޯޓުގައި ތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން