މާލެސިޓީ ލޮކްޑައުންގައި؛ ލޮކްޑައުންކުރި އިރު މާލެއަށް އެކި ބޭނުން ތަކުގައި އައިސް ތިބި ގިނަ ވަޔަކު ރަށަށް ނުދެވި ތާށިވެފައި ތިބޭތާ ދެމަހަށްވުރެ ގިނަ ދުވަސް ވެއްޖެ (ރަސް ފޮޓޯ- ޝާހް)
މާލެސިޓީ ލޮކްޑައުންގައި؛ ލޮކްޑައުންކުރި އިރު މާލެއަށް އެކި ބޭނުން ތަކުގައި އައިސް ތިބި ގިނަ ވަޔަކު ރަށަށް ނުދެވި ތާށިވެފައި ތިބޭތާ ދެމަހަށްވުރެ ގިނަ ދުވަސް ވެއްޖެ (ރަސް ފޮޓޯ- ޝާހް)
14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރުމަށް ފަހު މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 360 މީހަކު ރަށަށް ގެންގޮސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ، މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރުމަށް ފަހު މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 360 މީހަކު ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

"މި ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސް ހަމަ ކުރުމަށްފަހު އަނބުރާ ރަށަށް މިހާރު ވަނީ 360 މީހަކު ގޮސްފައި." މަބްރޫކް ވިދާޅުވިއެެވެ.

މަބްރޫކް ވިދާޅުވީ، ފުރަބަންދާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 2711 މީހަކު ޓްރާންސިޓް ކަރަންޓީންގައި އެބަ ތިބި ކަމަށެވެ.

މި އެންމެންނަށްވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމުން ޓެސްޓް ކުރުމަށްފަހު ރަށަށް ފޮނުވާނެ ކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 1773 މީހުން ޕޮޒިޓިވްވެފައިވާއިރު ރާއްޖޭގައި މިހާރު މިބައްޔަށް ފަރުވާކުރަމުންދަނީ 1315 މީހުންނަށެވެ. އަދި މިބަލީގައި މުޅި ރާއްޖެއިން މިހާތަނަށް ފަސްމީހުންވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން