މިއަދުގެ ސަރުކާރުން ތަރައްގީ އަށްޓަކައި ކުރާ މަސަައްކަތްތަކަކީ ތައުރީފް ހައްގު މަސައްކަތް ތަކެއްކަމަށް ރާއްޖެއިން މެލޭޝިޔާއަށް އިއްޔެ އިސްތިއުފާ ދެއްވި މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު ވިސާމް އަލީ ވިދާޅުވެއްޖެއެވެެ.

ވިސާމު ސަފީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރާއި ޚިޔާލު ތަފާތުވުންތަކެއް އުފެދިގެން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަބަލުން ވިސާމް އަލީ ވިދާޅުވީ އެކަމަނާ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ތަރައްގީ އަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކަކީ ތައުރީފް ޙައްގު މަސައްކަތްތަކެއް ކަމަށް ވިސާމް ވިދާޅުވިއެވެ.



"މި ފުރުސަތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ޝުކުރު ދަންނަވަމަވެ." ވިސާމް ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވަނީ ވިސާމްގެ ހިދުމަތުގެ އަގު ވަޒަން ކުރައްވައި އެކަން ފާހަގަ ކުރައްވާފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ވިސާމްގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ކަމަށާ ހިދުމަތްތަކަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ވިސާމަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް މިނިސްޓަރު ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް ވިސާމުގެ ސަފީރުކަމުގެ ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މެލޭޝިޔާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަށް މާބޮޑު އިތުރު ކުރިއެރުން ތަކެއް ލިބިފައި ނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ކޮވިޑްގެ ދަތި ދުވަސްވަރު މެލޭޝިޔާގައި ދިރިއުޅެމުން ދިޔަ ދިވެހީންނަށް ވިސާއާއި އެހެނިހެން ކަންކަމުގައި ވަރަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވަމުން ދިޔައިރުވެސް އަދި ކިޔަވާކުދިންނަށް ގޮތް ހުސްވެގެން ދިޔަ ދަނޑިވަޅުތަކުގައިވެސް ސަފީރުގެ އޮފީހުން މާބޮޑު އެހީތެރިކަމެއް ފޯރުވައި ދެވިފައި ނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު