މިއަދު ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތު
މިއަދު ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތު
ހިޔާ ސަރަހައްދުގައި އާންމު ހިދުމަތްތައް ދިނުމަށް 4 ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއިއެކު ހިދުމަތް ފޯރުކޮށްދިނުމަށް 4 ފަރާތަކާއިއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކެފޭ ހިންގުމަށް ވައިޓް ވުޑް އިންވެސްމެންޓާއި ގްރީންފްލައިއާ އެކުގައި ވަނީ ސޮއިކޮށްފައެވެ. އޭގެ އިތުރުން ފާމަސީއެއް ހިންގުމަށް އ.ޑ ފާމަސޫޓިކަލްސްއާއެކު ސޮއި ކޮށްފައިވާއިރު ގާމެންޓް ވިއްކާ ފިހާރައެއް ހިންގުމަށް އޮސްޓްރާވާ ޕްރައިވެޓް ލިމިޓެޑާ ވަނީ ޙަވާލުކޮށްފައެވެ.



ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތާއި ސްކޫލާއި ބަހުގެ ހިދުމަތާއި ފިހާރަތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން