ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހުން
ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހުން
ރާއްޖޭގައި ކޯވިޑް-19 ބޫސްޓަރ ޑޯސް ޖެހި މީހުންގެ ޢަދަދު އެއްލައްކަ ތިރީސްފަސްހާހަށް އަރައިފިއެވެ.

އެޗްޕީއޭ އިން ރޭ ޢާއްމުކުރި ތަފާސް ހިސާބުން ދައްކާގޮތުން މިހާތަނަށް 135،379 މީހުން ވަނީ ކޯވިޑް ބޫސްޓަރ ޑޯޒް ޖަހާފައެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ރާއްޖޭގައި ދެނީ ފައިޒާ ވެކްސިނެވެ. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 189 ރަށުގެ ތެރެއިން 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި 90 އިންސައްތަ މީހުން މިހާރު ވަނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 398،243 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި ދެވަނަ ޑޯޒް ޖެހިމީހުންގެ ޢަދަދު އުޅެނީ 371،170 ގައެވެ.

ކޯވިޑް ބޫސްޓާ ޑޯޒް ޖެހުމަށްޓަކައި ފައިޒާ ވެކްސިންގެ 311،220 ޑޯޒް ރާއްޖެއަށް ވަނީ ގެެނެސްފައެވެ. ޔުނިސެފުން ބުނީ މިއީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯ އިސްވެ އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހަދިޔާކުރި ވެކްސިން ކަމަށެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް، ނުވަތަ ބޫސްޓާ ޑޯޒް، އެޗްޕީއޭއިން ޖަހަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެެވެ. އެގޮތުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނަށް މިހާރު ވަނީ ވެކްސިންގެ ބޫސްޓާރ ޑޯޒް ޖަހަން ފަށާފައެވެ. މިހާރު 50 އަހަރުން މަތީގެ މީހުނަށް ވެސް ބޫސްޓާ ޑޯޒް ޖަހަން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އޭގެ އިތުރުން ކޮވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 06 މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން 15 ޖެނުއަރީ 2022 ން ފެށިގެން ޖަހައިދިނުމުގެ މަސައްކަތް އެޗްޕީއޭ އިން ވަނީ ފަށާފައެވެ.

ކޮވިޑް-19 ގެ ތަފާތު ވޭރިއަންޓުތައް މުޅި ދުނިޔޭގައި މިހާރު ފެތުރިފައިވާއިރު، ހުރިހާ މީހުންވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ތިބުމަކީ މުހިންމު ކަމެއްކަމަށާއި، މިކަމުން ބައްޔަށް ހުށަހެޅުމުގެ ހިރާސް ކުޑަކޮށްދޭކަމަށްވެސް އީޔޫގެ ޑްރަގްސް ރެގިއުލޭޓަރ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން