އަހުމަދު މަސްނޫމް   23 ފެބްރުއަރީ 2022 - 21:15
މާލޭ ސީގަލް ކެފޭ ކުރިމަތީގައި ހުރި ގެއެެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެެވެ.

ފަރީދީމަގު ސީގަލް ކެފޭ ކުރިމަތީ ހުރި ގެއެއްގައި އަލިފާން ރޯވެފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސުން އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެެވެ. އެމްއެންޑީއެފުން ބުނީ ރޯވެފައި ވަނީ މާފަންނު ބިޖިލީ ކާސްޓްލް ނަމަކަށް ކިޔާ ގެއެއްގައި ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލާފަ އެވެ.

އަލިފާން ރޯވި ގެއަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެހެން ނަމަވެސް އެ ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މާލޭގައި މިއަދު ހެނދުނު ވެސް ވަނީ ހެންވޭރު ގެއެއްގައި އަލިފާންގެ ހާދިސާއެއް ހިނގާފައެވެ.



ކިޔުންތެރިންގެ ހިޔާލު