ކުރިއަށް އޮތް ރޯދަމަސް ފެށެންވާއިރަށް މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ނިމޭނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ގާއިމް ކުރުމަށް ނިންމައިފައިވާކަން މާލެ ސިޓީގެ މޭޔަރ މުއިއްޒު ފުރަތަމަ އިއުލާންކުރެއްވީ މީލާދީ އައު އަހަރާއި ގުޅުވައިގެން ފޮނުއްވި މެސެޖުގައެވެ. އެދުވަހުގެ މެސެޖުގައި މުއިއްޒު ވަނީ ރޯދައަށް މި މަސައްކަތް ނިންމަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މޭޔަރ މުއިއްޒު މިއަދު ވިދާޅުވީ މާލެއާއި ވިލިމާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއު ކުރިއަށް އޮތް ރޯދަމަހަށް ނިންމާލެވޭނެކަމަށެވެ. އަދި މިސްކިތުގެ އެތެރޭގައާއި ބޭރުގައި ކެމެރާ ހަރުކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.



ސީސީޓީވީ ގާއިމް ކުރުމުގެ އިތުރުން، ޑިޖިޓަލައިޒޭޝަންގެ ކުރިއެރުންތަކާއެކު މާލެ ސިޓީގެ ސެކިއުރިޓީ ވަރުގަދަ ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ދެކެއެވެ.

ސިޓީ ކައުންސިލުން ބުނެފައި ވަނީ މާލެ ސިޓީގެ އެހެން ސަރަހައްދުތަކުގައިވެސް ސީސީޓީވީގެ ނިޒާމުގެ ތެރެއިން އިތުރު ފިޔަވައްސެއްގައި ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި މާލެ ސިޓީގެ ޚިދުމަތްތައް ވެސް ޑިޖިޓަލައިޒްކޮށް ރައްޔިތުންނަށް ލުއި ގޮތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މޭޔަރު ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ 2022 ވަނަ އަހަރު ސިޓީ ކައުންސިލްގެ އެންމެ ބޮޑު އަމާޒަކީ ހިލޭ ފޯރުކޮށްދޭ ވައިފައި ނިޒާމުގެ މައިގަނޑު މަގްސަދު ކަމުގައިވާ ޒަމާނީ ޑިޖިޓަލައިޒް ސިޓީއަކަށް މާލެ ސިޓީ ބަދަލު ކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން