ގަވާއިދާ ހިލާފަށް ހުޅުމާލޭގެ ހުސް ބިންތަކުގައި ބަހައްޓާފައިވާ ތަކެތި ވީއެންމެ އަވަހަކަށް ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.

ގަވާއިދާ ހިލާފަށް ހުޅުމާލޭގެ ހުސް ބިންތަކުގައި ބަހައްޓާފައިވާ ތަކެތި ވީއެންމެ އަވަހަކަށް ނެގުމަށް އެޗްޑީސީން އަންގާފައި ވާއިރު އެކުންފުނިން ވަނީ ހާބަ 1، ހާބަ 2 އަދި ޗެނަލް 2 ޕްރޮޖެކްޓް ފެށުމަށް ބިން ހުސްކޮށް އަންނަ މަހު ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާން ތައްޔާރުވެފަ އެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތް ކުރުމަށް ބިންތައް ދޫކުރުމުގެ މަސައްކަތް ކުރުމަށް ބިންތައް ހުސްކުރުމަށް މީގެކުރިންވެސް އިއުލާންކޮށްފައިވާކަމަށެވެ. ނަމަވެސް ހުސްކުރަން އެންގި ބިންތައް ހުސްކޮށްފައި ނުވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ހާބަ 1، ހާބަ 2 އަދި ޗެނަލް 2 ޕްރޮޖެކްޓް ފެށުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާނެކަމަށެވެ. އަދި އޭގެކުރިން އެ ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް އިއުލާންގައި އަންގާފައި ވެއެވެ.

އަދި އޭގެފަހުން ބިންތަކުގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ އެ ތަކެތީގެ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްފައިވާ ތަކެތި ކަމުގައި ބަލައި، އެ ތަކެއްޗާ މެދު އެޗްޑީސީން ފެންނަ ގޮތަކަށް އަމަލުކުރެވޭނެކަމަށް އެޗްޑީސީގެ އިއުލާންގައިވެއެވެ. އަދި އެ މަސައްކަތުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމަށް އެޗްޑީސީން ޒިންމާ ނުވާނެކަމަށްވެސް އިއުލާންގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ނާީމް ސައްތާރު

24-Feb-2022

އެންމެ ފުރަތަމަ ނަގަންވީ ގަވައިދާ ޚިލށފަށް ގައުމުގަ ބަހައްޓާފަ ހުރި އިންޑިޔާ މިލިޓަރީގެ ފައިތައް. ޢެއަށްފަހު ދިވެހިން އެއްޗެއްނަގަންޖެޖޭނީ



ޓްރެންޑިން