އަހުމަދު މަސްނޫމް   22 ފެބްރުއަރީ 2022 - 22:40
ދިއްދޫ ބަނދަރުގެ ޖެޓީގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން މިމަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ފުޅާ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރުގެ ޖެޓީ ހެދުމުގެ މަސައްކަތް ވަނީ ފެށިފައިކަމަށެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 62 ޕަސަންޓް ވަނީ ނިމިފައިކަމަށްވެސް އެމްޓީސީސީން ބުނެއެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 58 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 4،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، 02 ކޮންކްރީޓް ޕްލެޓްފޯމް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މިމަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން 69.8 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން