އެމްޑީޕީގެ މަޤާމްތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

އެމް.ޑީ.ޕީ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 19 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

އެމްޑީޕީގެ މަޤާމްތަކަށް ކުރިމަތިލިމުގެ މުއްދަތު ހަމަވެފައިވާއިރު އެމް.ޑީ.ޕީ ޗެއަރޕާސަން، އަންހެނުންގެ ރޫހުގެ ރައީސާއި ނައިބު ރައީސް އަދި ޔޫތްވިންގްގެ ރައީސާއި ނައިބު ރައީސްގެ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ތަރުތީބުކޮށްފައިވާކަމަށް އެމްޑީޕީން މިއަދު ހާމަކުރިއެވެ. އެމްޑީޕީން ބުނީ ނަންތައް ތަރުތީބު ކުރެވިފައިވަނީ އިންތިޚާބަށް ކުރިމަތި ލެއްވުމަށް ފޯމް ހުށަހެޅުއްވި ތަރުތީބުންކަމަށެވެ.

މަގާމުތަކުގެ ނަން ތަރުތީބު ކުރެވިފައިވާ ގޮތް؛

ޗެއާރޕާސަންކަމަށް:

1- އިމްތިޔާޒު ފަހުމީ، މ. އަފްޒާ، މާލެ.

2- ފައްޔާޟް އިސްމާޢީލް، މއ. ބޯގަންވިލާ، މާލެ.

އަންހެނުންގެ ރޫޙް ރައީސާ ކަމަށް:

1- ޞަފާތު އަޙްމަދު ޒާހިރު، ،ހުޅުމާލެ ގޯތި 10228 ، މާލެ.

2- ރޮޒެއިނާ އާދަމް، ގ. ފީރޯޒް ލޮޖް، މާލެ.

އަންހެނުންގެ ރޫޙް ނައިބު ރައީސާ ކަމަށް:

1 ފާޠިމަތު ސަމީރު، ފުލްމޫން، ށ. މިލަންދޫ.

ޔޫތުވިންގ ރައީސް ކަމަށް:

1 މުޙައްމަދު އަންސާރު، ،ހެޕީޑްރީމް، ސ. ހުޅުދޫ.

2 ރިފްޤާ ޝިޔާމް، އައިޑީ A160198 ، ހ. ވައިފިނި، މާލެ.

ޔޫތުވިންގ ނައިބު ރައީސް ކަމަށް:

1- އަޙްމަދު މައިމޫނު މުޙައްމަދު، މ، މީޒާން، ގއ. ކޮލަމާފުށި.

އެމް.ޑީ.ޕީ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޭޕްރީލް 2202 ވާ ހޮނިހިރު ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޒުއްބަ

24-Feb-2022

އިމްތިޔާޒު ޗޮކުންދާތަން މިހިރަގެން ފެންނަނީ..


6

ޒުއްބަ

24-Feb-2022

އިމްތިޔާޒު ޗޮކުންދާތަން މިހިރަގެން ފެންނަނީ..


2

ޒުއްބަ

24-Feb-2022

އިމްތިޔާޒު ޗޮކުންދާތަން މިހިރަގެން ފެންނަނީ..


11

ޒުއްބަ

24-Feb-2022

އިމްތިޔާޒު ޗޮކުންދާތަން މިހިރަގެން ފެންނަނީ..



ޓްރެންޑިން