ފާދިއްޕޮޅުގައި 3975 އެނދުގެ ޓޫރިޒަމް އިންޑަސްޓްރީ އުފައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޅ. މަޑިވަރު އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް އެރަށުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެެވެ.

މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ 2818 އެނދާއެކު ޅ. ޢަތޮޅުގައި މިހާރު ވެސް 11 ރިސޯޓެއް އެބައޮތް ކަމަށެވެ. ޅ. އަތޮޅުގައި އިތުރު 4 ރިސޯޓު ތަރައްގީ ކުރަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އެ ހަތަރު ރިސޯޓް ނިމުމާއެކީގައި މިއަތޮޅުގައި 3975 އެނދު ހިމެނޭ ޓޫރިޒަމް އިންޑަސްޓްރީއެއް ފައްކާވެފައި އޮންނާނެ، މިއީ އިގްތިސާދް ކުރިއެރުވުމަށްޓަކައި ރަނގަޅު އަދަދެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު