ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ރަނގަޅަށް އެނގިގެން އެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެގެން އޭގެ ނާޖާއިޒު ފައިދާ ނަގާ މީހުން ދައުލަތުގެ ތެރޭގައި އެބަތިބި ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނާއިބު ރިއްފަތު މިހެން ވިދާޅުވީ ކުދިކުދި މައްސަލަތަކާއި ހެދި ބޮޑެތި ކުށްވެރިން ދޫވާފަދަ ކަންކަން ހިނގަމުންދާތީ އެކަމާއި ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އޭޖީ ވިދާޅުވީ މައްސަލަތަކެއްގެ ސަބަބުން ކުށްވެރިން ދޫވުމަށް ދެ ސަބަބެއް އޮންނަކަމަށެވެ. އޭގެތެރެއިން އެއް ސަބަބަކީ ފުލުހުންނާއި ތަހުގީގީ އިދާރާތަކުގެ ތެރޭގައި ނުވަތަ އެހެން އިދާރާތަކުގައިވެސް ނިޒާމްގައި ހުރި މައްސަލަތަކުގެ ނާޖާއިޒު ފައިދާ ނަގާ މީހުން އުޅުންކަމަށެވެ. އަދި އެއީ މިއަދު ޤަބޫލުކުރަންޖެހޭ ހަޤީޤަތެއްކަމަށް އޭޖީ ވިދާޅުވިއެވެ.
އޭޖީ ވިދާޅުވީ ކުށްވެރިން ދޫވާ ނުވަތަ ކުށް ސާބިތުކުރަން އުނދަގޫވާ އަނެއް ސަބަބަކީ މީގެ އެތައް ޒާމަނެއް ކުރިން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާއިބެހޭ ޤާނޫނަށް އަމަލުކުރުމެވެ. އަދި ހެއްކާއިބެހޭ ހަރުދަނާ ޤާނޫނެއް ނެތުމުން މިހާރު އޮތް ގާނޫނުގެ ތެރެއިން ބޮޑެތި ބާގަނޑުތަކެއް އުފެދޭ ކަމަށާއި އެކަމުގެ ސަބަބުން މައްސަލަތައް ސާބިތު ނުވެ މީހުން ދޫވާކަމަށް އޭޖީ ވިދާޅުވިއެވެ.
އޭޖީ ވިދާޅުވީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ހެއްކާއި ބެހޭ އައު ޤާނޫނާއެކު މިހާރު ހުރި ގިނަ މައްސަލަތަކެއް ހައްލުވާނޭކަމަށް ދެކެވަޑައިގަންނަވާ ކަަމަށެވެ.
ސަރުކާރުން ހެއްކާއި ބެހޭ ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، 1976 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ހެއްކާބެހޭ ޤާނޫނަކީ، ޒަމާނާއެއްގޮތަށް ބަދަލުކޮށްފައިވާ ޤާނޫނަކަށް ނުވުމުން ހެއްކާބެހޭ ތަފްޞީލީ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމެވެ.
19 ބާބެއްގެ މައްޗަށް، 150 މާއްދާ ހިމެނޭ މިބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައާއި އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައްވެސް މިބިލުން ކަނޑައެޅިގެންދާނެއެވެ.
މިބިލުގައި ވަރަށް ތަފްސީލް ގޮތަކަށް ހެކީންގެ އެންމެހައި ކަންކަން ވަރަށް ތަފްސީލް ގޮތަކަށް ބަޔާންކޮށްފައިވެއެވެ. ރާއްޖޭގައި ހިނގާ ބޮޑެތި މައްސަލަތަކުގެ ޝަރީއަތްތަކުގައިވެސް އެންމެބޮޑަށް ދިމާވެފައިވާ އެއް މަސައްލައަކީ ހެއްކާބެހޭ ޒަމާނީ ބިލެއް ނެތި، ހެކީންގެ ރައްކާތެރިކަމާއި، ހެކިބަސްދޭ މީހާގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުވެފައި ނެތުމެވެ. ނަމަވެސް މިބިލު މަޖިލީހުން ފާސްވެ ތަސްދީޤުވުމުން، މި ޤާނޫނުގެ ދަށުން ރަނގަޅު އޮނިގަނޑުތަކެއް ހެދި ހެކީންގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު