2018 ވަނަ އަހަރު އިމާރާތްކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ހިނގި ހާދިސާގައި މަރުވި ބަންގްލަދޭޝްގެ 3 އަަހަރުގެ ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި 12.9 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށް އެދި ހުށަހެޅި މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހައި ކޯޓަށް އަންގައިފިއެވެ.
މިމައްސަލައިގައި މަރުވި ރައުޝަން ޖިއާންގެ މައިންބަފައިންގެ ފަރާތުން ސިވިލް ކޯޓަށް ފުރަތަމަ ހުށަހެޅީ 17.4 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުން މިދިޔަ އަހަރު މިމައްސަލަ ނިންމިއިރު ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ނިންމީ 4.5 މިލިއަން ރުފިޔާއެވެ.
މިމައްސަލަ ކުއްޖާގެ މައިންބަފައިން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ހައި ކޯޓުން ވަނީ މައްސަލަ ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ. އެއީ މުއްދަތު ހަމަވިފަހުން އިސްތިއުނާފަށް ހުށަހެޅުމުންނެވެ.
ހައިކޯޓުގެ އެ ނިންމުން ޖިއާންގެ މައިންބަފައިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ 10 ދުވަސް ތެރޭގައި އަލުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލަަ ބަލައިގަތުމަށް ހައި ކޯޓަށް އަންގާފައެވެ. ސުޕްރީމް ކޯޓުން މިގޮތަށް އަންގާފައިވަނީ އެއީ އިސްތިއުނާފް ލަސްވުމުގައި މަގްބޫލު ސަބަބެއް އޮތުމުންނެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައިވާ ގޮތުން އިސްތިއުނާފް މުއްދަތު ހަމަވިފަހުން ހައިކޯޓަށް މައްސަލަ ހުށަހެޅިނަމަވެސް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ހޯދަން އެ މުއްދަތު ހަމަވުމުގެ ކުރިން ސިވިލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އަދި ރިޕޯޓް ލިބިފައިވަނީ އެ މުއްދަތު ހަމަވިފަހުން ކަމަށް ވާއިރު، ރިޕޯޓް ނުލިބި އޮތްކަން ހައި ކޯޓަށް ސިޓީއަކުން އަންގާފައިވާތީ އިސްތިއުނާފް ކުރުމުގެ ނިޔަތް އެ މީހުންގެ އޮތްކަން އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެއެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު