ޤުރުއާން މުދައްރިސުން ބިނާކުރުމަށް މިދިޔަ އަހަރު 1,599 މީހުން ވަނީ ތަމްރީނުކޮށް ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އިސްލާމީ ތަރިކައާ ދީނުގެ ޞައްޙަ ޢަޤީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާވުމުގެ އަޞްލު ކަމަށެވެ. މިދިޔަ އަހަރު ސަރުކާރުން އެންމެ އިސްކަން ދިން ސިޔާސަތަކީވެސް އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިވެހިންގެ ހިތްތަކުގަ އަށަގެންނެވުމާ ، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގާ ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން މިދިޔަ އަހަރު ރާއްޖޭގެ 180 ރަށެއްގާ އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިނުމާ، އިސްލާމްދީނުގެ ރިވެތި އުޞޫލުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
"ދީނުގެ ނަމުގައާ ދީނާ ދެކޮޅަށް، ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ފުރާނައާ މުދަލަށް ގެއްލުންދޭ މީހުންނަށް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ހާމަކޮށްދިނުމުގާ ދީނީ ޢިލްމުވެރިންގެ އެހީގާ މިއަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" ކުރިއަށް ގެންދެވޭނެ. އިމާމުންނާ މުދިމުންނަށް އިސްލާމީ ތަޢުލީމުގެ ރޮނގުން ޑިގްރީ ހޯދާދިނުމަށް 290 މީހުން ދަނީ ތަޢުލީމީ މަރުހަލާ ފުރިހަމަ ކުރަމުން. ޤުރުއާން މުދައްރިސުން ބިނާކުރުމަށް މިދިޔަ އަހަރު 1,599 މީހުން ވަނީ ތަމްރީނުކޮށް ނިމިފަ" ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ ޙައްޖާ ޢުމްރާ އާ ވަޤްފުގެ ކަންކަމާ އަދި ޒަކާތާ ބެހޭ ޤާނޫނުތައް އެކުލަވާލާ މިއަހަރުގެ މަޖިލީހަށް ފޮނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގާ ޒަމާނީ ފަރުމާގެ އާ މިސްކިތްތައް ބިނާ ކުރުން ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު