ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު އިތުރު ދިރުމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިއަދު ހަނދާނަށް އަންނަނީ، 6 މޭ 2021 ގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ ކަމަށެވެ. ދިވެހި ރައްޔިތުންނަށްޓަކައި ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅަކީ މިސާލެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މާތް ﷲގެ އޯގާވަންތަކަމާ ރަހްމަތްފުޅުން މަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ލިބުނު އިތުރު ދިރުމެއް. ރާއްޖޭގެ އިންސާނީ ހައްޤުތައް ދިރުވާ އާލާކުރުމަށް ލިބުނު އިތުރު ހަކަތައެއް" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ އެނުރައްކާތެރި ހަމަލާގެ ކުށާއެކުއެކީބޮޑު އެހެން ކަމެއް ސާބިތުވެގެން ހިނގައްޖެ ކަމަށެވެ. އެއީ މުޖްތަމަޢުގެތެރެއަށް ހަރުކަށި ފިކުރު މޫލާފައިވާ ފުންމިން ކަމަށާއި ދީނުގެ ނަމުގާ ހިންގާ ނުރައްކާތެރި އަދި އަނިޔާވެރި ޢަމަލުތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުން އެނގި ހާމަވީ އެފަދަ ޢަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމާ ބުރަކަން ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު