ޗައިނާ ސަަފީރާއި ޚާރިޖީ ވަޒީރު ޝާހިދު
ޗައިނާ ސަަފީރާއި ޚާރިޖީ ވަޒީރު ޝާހިދު
ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއާއި ޗައިނާ ގުޅިގެން މަސައްކަތްކުރުމަށާއި، އެމަސައްކަތް ކުރާނެ އޮނިގަނޑެއް ރޭވުމާ ބެހޭގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިއޮން މަޝްވަރާކުރައްވައިފިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފޮރިން މިނިސްޓަރާއި ޗައިނާ ސަފީރު ކުރެއްވި މަޝްވަރާތަކުގައި ދެޤައުމުގެ މެދުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ބެހޭގޮތުންނާއި، ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކުރިއަށް ރޭވިފައިހުރި ބައެއް މަސައްކަތްތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ކޯވިޑް-19 އިން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން ބޭނުންވާކަން ޗައިނާ ސަފީރު ފާހަގަކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއި ޗައިނާ އެމްބަސީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން