ކުރީިނބި
ކުރީިނބި
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު އާއިލާ ކައިރިއަށް އެއަތޮޅު ކުރިނބީއަށް ފޮނުވުމުން، ކޯވިޑް-19 އާއި ގުޅިގެން އެރަށުގެ ކައުންސިލުން ޢަމަލުކުރަމުންދާ އުޞޫލުތަކަށް ފާޑުކިޔައި ރަށުގެ މަސްލަޙަތު ގެއްލޭފަދަ ގޮތަކަށް ޢަމަލުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ކުރިނބީ ކައުންސިލުން ބުނީ، ފުލުހުންގެ ބޭނުމަކު ކުރިނބީގައި ބަހައްޓާފައި ދިޔަ ފުލުހަކު ރަށުގެ މަސްލަޙަތު ގެއްލޭފަދަ ގޮތަކަށް ޢަމަލުކޮށްފައިވުމުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާތީ އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

މިކަމާ ގުޅިގެން ކުރިނބީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ފުލުހުން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން މައްސަލައިގެ ބައެއް އިޖުރާއަތްތައް ފުރިހަމަ ކުރުމަށް އެރަށަށް އައިސްހުރި ފުލުހަކު، ކޯވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކައުންސިލްތަކަށް ދޫކޮށްފައިވާ ބާރުގެ ދަށުން އެ ކައުންސިލުން ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ޤާނޫނީ ހައިސިއްޔަތެއް ނެތި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ބުނެފައިވާ ކަމަށެވެ.

"އެ ފިޔަވަޅުތަކަށް އަމަލު ކުރުމަކީ އަމިއްލަ އިޙްތިޔާރީ ކަމެއްކަމަށާއި އަދި އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވެގެން ކައުންސިލަށް ކުރެވޭނެ ކަމެއް ނެތްކަން ދޭހަވާ އުސޫލުން އާންމު ރައްޔިތުންގެ މެދުގައި އަދި މީސްމީޑިޔާގައި އަޑު އުފުލާފައިވާތީ، މިކައުންސިލުން ކޯވިޑް-19 އާއި ގުޅިގެން މިރަށު ރައްޔިތުންގެ މެދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް ހުރަހަކަށްވެ އާންމު މަސްލަހަތު ގެއްލިފައިވާތީ އާންމު މަސްލަހަތު ދަމަހައްޓާ ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ބަޔަކަށް ފުލުހުންވެފައި، ފުލުހެއްގެ ފަރާތުން ރަށުގެ އާންމު މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން." ކުރިނބީ ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކުރިނބީ ކައުންސިލްގެ ނޫސްބަޔާނުގައި އިތުރަށް ބުފައިވަނީ، މި މައްސަލަ ބައްލަވައިދެއްވުމަށް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ކުރިނބީގެ މަސްލަހަތު ނަގާލަން ފުލުހަކު މަސައްކަތްކުރި މައްސަލަ ހޫނުވެފައިވީ ނަމަވެސް، ކުރިނބީ ކައުންސިލުން ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ރަށުގެ ރައްޔިތުން ކިޔަމަންތެރިވެ، ކައުންސިލަށް ދެއްވާ އެއްބާރުލެއްވުމަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން