އިތުރު ސާމްޕަލް ސެންޓަރެއް މާލޭގައި މިއަދު ހުޅުވާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭ ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މި ސެންޓަރު ހުންނާނީ ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކަމަށެވެ. މި ސެންޓަރު ހުޅުވާފައި ހުންނާނީ ހަވީރު ތިނަކުން ހަޔަކަށެވެ.

މި ސެންޓަރުގެ އިތުރުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިމާރާތާއި ސޯޝަލް ސެންޓަރުގައި ވެސް ކަލެކްޝަން ސެންޓަރެއް ވަނީ ހުޅުވާފައެވެ. އަދި ހުޅުމާލޭ ރުށްގަނޑު ސަރަހައްދާއި ސެނަހިޔާ ގައި ވެސް ސާމްޕަލް ނެގޭނޭ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާވެފައެވެ. އެގޮތުން ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އުޅެނީ 2000 އިން މަތީގައިކަން ފާހަގަކޮށްލެވެއެެވެ.



ކިޔުންތެރިންގެ ހިޔާލު