ހދ ފިނޭގައި ކޮވިޑު ވެކްސިން ޖެހުން.
ހދ ފިނޭގައި ކޮވިޑު ވެކްސިން ޖެހުން.
ރާއްޖޭގައި ކޯވިޑް-19 ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު 29 ހާހަށް އަރައިފިއެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ޢާއްމުކުރި ތަފާސް ހިސާބުން ދައްކާގޮތުން މިހާތަނަށް 29،089 މީހުން ވަނީ ކޯވިޑް ބޫސްޓަރ ޑޯޒް ޖަހާފައެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ރާއްޖޭގައި ދެނީ ފައިޒާ ވެކްސިނެވެ. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 189 ރަށުގެ ތެރެއިން 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި 90 އިންސައްތަ މީހުން މިހާރު ވަނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 397123 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި ދެވަނަ ޑޯޒް ޖެހިމީހުންގެ ޢަދަދު އުޅެނީ 368622 ގައެވެ.

ކޯވިޑް ބޫސްޓާ ޑޯޒް ޖެހުމަށްޓަކައި ފައިޒާ ވެކްސިންގެ 100،620 ޑޯޒް މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވަނީ ރާއްޖެ ގެެނެސްފައެވެ. ޔުނިސެފުން ބުނީ މިއީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯ އިސްވެ އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހަދިޔާ ކުރި ވެކްސިން ކަމަށެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް، ނުވަތަ ބޫސްޓާ ޑޯޒް، އެޗްޕީއޭއިން ޖަހަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެެވެ. އެގޮތުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނަށް މިހާރު ވަނީ ވެކްސިންގެ ބޫސްޓާރ ޑޯޒް ޖަހަން ފަށާފައެވެ. މިހާރު 50 އަހަރުން މަތީގެ މީހުނަށް ވެސް ބޫސްޓާ ޑޯޒް ޖަހަން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އޭގެ އިތުރުން ކޮވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 06 މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން 15 ޖެނުއަރީ 2022 ން ފެށިގެން ޖަހައިދެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ތަފާތު ވޭރިއަންޓުތައް މުޅި ދުނިޔޭގައި މިހާރު ފެތުރިފައިވާއިރު، ހުރިހާ މީހުންވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ތިބުމަކީ މުހިންމު ކަމެއްކަމަށާއި، މިކަމުން ބައްޔަށް ހުށަހެޅުމުގެ ހިރާސް ކުޑަކޮށްދޭކަމަށްވެސް އީޔޫގެ ޑްރަގްސް ރެގިއުލޭޓަރ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން