އަހުމަދު ޝާހް   8 ޑިސެމްބަރު 2021 - 23:1
އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު
އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު
އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު އަވަހާރަވެއްޖެއެވެ.

ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު އަވަހާރަވީ އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު އިންޑިއާގެ ޓަމިލްނަޑޫއަށް ވެއްޓުމާ ގުޅިގެންނެވެ. ހެލިކޮޕްޓަރު ވެއްޓުނު އިރު އޭގައި 14 މީހުން ތިއްބެވެ. މި ޙާދިސާގައި މަރުވި މީހުންގެ ތެރޭގައި ބިޕިންގެ އަނބިކަނބަލުންވެސް ހިމެނެއެވެ. މިޙާދިސާގައި ސަލާމަތްވީ އެންމެ މީހެއް ކަމަށް އިންޑިއަން އެއަރ ފޯސް އާއި ޙަވާލާދީ އެންޑީޓީވީން ރިޕޯޓް ކޮށްފައިވެއެވެ.

މިހާދިސާ ހިނގިއިރު ބިޕިން ދަތުރުކުރައްވަމުން ގެންދެވީ ސުލޫރުގެ އެއަރފޯސް ބޭސްއަކުން ޓަމިލް ނާޑޫގެ ޑިފެންސް ސަރވިސް ސްޓާފް ކޮލެޖުގައި ލެކްޗަރެއް ދެއްވުމަށެވެ.



އިންޑިއާގެ ފުރަތަމަ ޑިފެންސް ޗީފްގެ މަޤާމަށް ބިޕިން އައްޔަންކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ވެއްޓުނު ހެލިކޮޕްޓަރަކީ ރަޝިޔާގެ އެމްއައި 17ވީ5 މަރުކާގެ ހެލިކޮޕްޓަރެކެވެ. މިއީ އަސްކަރިއްޔާއާއި ސަރުކާރުގެ އިސް އޮފިޝަލުން އާންމުކޮށް ދަތުރުކުރައްވާ ހެލިކޮޕްޓަރެކެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މިހާދިސާ ހިނގަން މެދުވެރިވެ ގޮތް ބެލުމަށް ޚާއްސަ އިންކުއަރީއެއް ހެދުމަށް ނިންމާފާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން