އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުންގެ ޕަރފޯމެންސް އޮޑިޓް ރިޕޯޓް މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަން އެޖެންޑާކޮށްފިއެވެ.

މާދަމާ މެންދުރު 14:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް މި ރިޕޯޓް ހުށައެޅުމަށް ނިންމާފައިވާއިރު އޭސީސީގެ މިހާރުގެ މެންބަރު ޢަލީ އަޝްރަފް ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

އޭސީސީގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓް ކުރުމަށްފަހު މެންބަރުން ވަކި ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އަދި އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ.

އޭސީސީގެ މެންބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅޭގޮތުން މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ އޭސީސީއަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކުރުމަށެވެ. އަދި ސުވާލުކުރުމަށްފަހު މަސައްކަތް ކުރެވުނު މިންވަރު ބެލުމަށްފަހު މަޤާމުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށެވެ.

ކޮމިޓީ އެބައްދަލުވުމުގައި މެމްބަރުން ވަނީ ރައްޔިތުންގެވެސް ބޮޑު ކަންބޮޑުވުމެއް އޭސީސީއާމެދު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި އޭސީސީން މަޖިލީހުގައި ތަފާތު އެކި ތާރީހުތައް ދެމުން ވާހަކަ ދެއްކެވި ނަމަވެސް ނަތީޖާއަކާއި ހަމައަށް ގޮސްފައިނުވާކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.

އޭސީސީގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އަލީ އަޝްރަފް، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން