ކައިވެނިކުރުމަށް އަންހެނުންނަށް މަޖުބޫރުކޮށް އެއީ މުދަލެއްގެ ގޮތުގައި ނުބެލެވޭނެކަމަށް ބުނެ މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ސަރުކާރުން އަމުރެއް ނެރެފިއެވެ.

އަންހެނުންގެ ހައްގުތަކާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ތާލުބާނުން ބުނެފައިވަނީ ކައިވެނިކުރުމުގައި އަންހެން މީހާގެ ރުހުން ބޭނުންވާނެކަމަށެވެ. ނަމަވެސް އަންހެނުން ތައުލީމު ހާސިލުކުރުމާއި، ވަޒީފާ އަދާކުރުމާ ގުޅޭގޮތުން މި އަމުރުގައި އެއްވެސް ވާހަކައެއް ހިމަނާފައެއްނުވެއެވެ.

އޮގަސްޓް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުންނަށް ބައިނަލްއަގްވާމީ މުޖުތަމައު އެންމެ ބޮޑަށް ޕްރެޝަރ ކުރާ މައްސަލައަކީވެސް އަންހެނުންގެ ހައްގުތަކުގެ މައްސަލައެވެ. އެކަމާއި ގުޅިގެން އަފްޣާނިސްތާނުގެ އެތައް ފަންޑުތަކެއް ވަނީ ގަނޑުކޮށްފައެވެ. އަދި ގަނޑުކޮށްފައިވާ މި ފަންޑުތައް ދޫކޮށްލުމަށްވެސް ގައުމުތަކުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

މިއަމުރު ނެރުމަށްފަހު ތާލިބާނުގެ ސްޕޯކްސްމަން ޒަބީހުﷲ މުޖާހިދު ވިދާޅުވީ އަންހެން މީހާއަކީ މުދަލެއް ނޫންކަމަށާއި އޭނާއަކީ އިންސާނެއްކަމަށެވެ. އަދި އެއްވެސް މީހަކަށް އަންހެނަކު މުދަލެއްގެ ގޮތުގައި ނުވިއްކޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިއާއެކު މުދަލަށް ކައިވެނި ކުރުވުމުގެ ކަންކަން ނިމުމަކަށް އަންނާނެކަމަށް އަފޣާނިސްތާނުގެ މަސްރަހު ދިރާސާކުރަމުން އަންނަ ފަރާތްތައް ދަނީ ބުނަމުންނެވެ.



އަފްޣާނިސްތާނުގެ ގިނަ އަންހެނުންނަށް ކައިވެނިކުރަން މަޖުބޫރުކުރާއިރު ފިރި މަރުވެފައި ތިބޭ އަނބިންނަށް މަރުވި ފިރިމީހާގެ މުދަލުން އެއްވެސް އެއްޗެއް ނުލިބެއެވެ. މިކަމާ ގުޅިގެން ތާލިބާނުން ނެރުނު އަމުރުގައިވަނީ ފިރިމީހާ މަރުވެފައި ތިބޭ އަނބިންނަށް އެމީހުންގެ ފިރިންގެ މުދަލުން ހިއްސާ އޮންނާނެކަމަށާއި، އެ ހިއްސާ ދޭންޖެހޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން