އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ވަރޗުއަލް ޑިމޮކްރަސީ ސަމިޓުގެ ދައުވަތު 110 ގައުމަކަށް ދެއްވައިފިއެވެ.

މި ސަމިޓުގެ ދައުވަތު 110 ގައުމަކަށް ދެއްވާފައިވާއިރު، މި ސަމިޓުގެ ދައުވަތު ޗައިނާއަށް ދެއްވާފައެއް ނުވެއެވެ. އެހެންކަމުން ތަޖުރިބާކާރުން ބުނަނީ، މިކަން މިގޮތަށް އޮތުމުން ޗައިނާގެ ސަރުކާރުގެ ނުރުހުން މި ސަމިޓަށް އަމާޒުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި ސަމިޓަކީ ބައިޑެންގެ ރިޔާސީ ވައުދެކެވެ. ބައިޑެންގެ ޚާރިޖީ ސިޔާސަތުގައި އިސްކަން ދެއްވާފައިވާ އެއް ކަމަކީ ޚުދުމުޚުތާރު ވެރިކަމާއި ދެކޮޅަށް، ގައުމުތައް އެކުވެ ޑިމޮކްރަސީ ކުރިއެރުވުމެވެ.

މި ސަމިޓް ކުރިޔަށްދާނީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސަމިޓުގެ ފުރަތަމަ ބައްދަލުވުން ވަރޗުއަލްކޮށް ބޭއްވި ނަމަވެސް ދެވަނަ ބައްދަލުވުން ކުރިޔަށްދާނީ އަންނަ އަހަރު ހުރިހާ ލީޑަރުން އެއްތަންވެގެންނެވެ.

މި ސަމިޓަށް ދައުވަތު ދެއްވި ލިސްޓުގައި ޗައިނާއާއި ރަޝިޔާ ނުހިމެނޭތީ އެކަމާ ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ޗައިނާއާއި، ރަޝިޔާއަށް މި ސަމިޓަށް ދައުވަތު ނުލިބުން ނަމަވެސް މި ސަމިޓުގެ ދައުވަތު އިންޑިއާއާއި ޕާކިސްތާނަށް ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން