އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން (ވ) އާއި, އެމްއާރުއެމްގެ ޒަޢީމް ރައީސް މައުމޫން (ކ)
އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން (ވ) އާއި, އެމްއާރުއެމްގެ ޒަޢީމް ރައީސް މައުމޫން (ކ)
ނަސްރުުގެ ދުވަހުގެ ޢަޒުމަކަށް ހަދަންވީ އެއްބައިވަންތަކަމާއެކު އެކުގައި ދެމިތިބުމަށް ކަމަށް އެމްއާރުއެމުން ބުނެފި އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ރިފޯރމް މޫވްމެންޓް، އެމްއާރުއެމުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް ފާހަގަކުރާ މިއުފާވެރި މުނާސަބަތާ ކުރިމަތިލާއިރު، މިޤައުމުގައި އޮތް އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ދަމަހައްޓައި، ޤައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމާތްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ އެކުވެގެން ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެއްކަން ފާހަގަކޮށް އެމްއާރުއެމުން ބުނީ އެދުވަހުގެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާ ކަމަށެވެ.

"އެދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްގެން ތިބީ ޤައުމުގެ އަދާވާތްތެރި ދުޝްމަނުންނެވެ. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށެވެ. އެދުވަހުގެ ޙަމަލާގައި 19 ދިވެހި ދަރީން ޝަހީދުވިއެވެ." ނޮވެމްބަރު 3 ގައި ޤައުމު އޮތް ޙާލަތު ބަޔާންކޮށް އެމްއާރުއެމްގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ހަމައެހެންމެ، ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމެއް އޮތީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށް ކަމަށް އެމްއާރުއެމުން ބުނެފައިވެއެވެ. ނަމަވެސް ދިވެހި ސަރުކާރު އެހީއަށް އެދުނު ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދިނީ ރަހުމަތްތެރި އިންޑިއާއިން ކަމަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް އެކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށް ރައީސް މައުމޫން އިސްކޮށް ހުންނަވާ އެމްއާރުއެމުން ބުނެފައިވެއެވެ.

އަދި ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައިކަން އެމްއާރުއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން