ވެބްކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ވެބްކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުން ދާތީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ބަސްނާހާ ވަޒީރުން މަގާމުން ވަކި ކުރެވިދާނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ހަނދާން ކޮށްދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، މާލޭގައި ތާށިވެފައި ތިބި މީހުންގެ މައްސަލައިގައި މަޖިލީހުގެ މެމްބަރުންނާއި، އެމަނިކުފާނުގެ ކެތްތެރިކަން ކޮޅުންލަމުންދާ ކަމަށާއި، އެކެތްތެރިކަން ހިފެހެއްޓޭނީ ވެސް ވަކިވަރަކަށް ކަމަށެވެ.

އެކި ބޭނުންތަކުގައި މާލެއަށް އައިސް ރަށަށް ނުދެވި ތާށިވެފައި ތިބި ގިނަ މީހުން އުޅެމުން ދަނީ ވަރަށް ހާލުގައި ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ މީހުން ރަށަށް ފޮނުވުމުގެ ކަންކަމަކީ މުހިއްމު ކަމެއް ކަމަށް ނުފެންނަ ސަބަބެއް އެމަނިކުފާނަށް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

"ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، މާލޭގައި އެތައް ބަޔަކު މިހެން ތާށިވެފައި ތިބުމަކީ އެތައް އާއިލާއަކަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެއް ކަން،" ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރައްވައި ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުން ފާހަގަކުރައްވާ މައްސަލަތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހައްލު ކުރަން މަސައްކަތް ކުރަންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ޢަދި އެކަން ނުކުރެވޭނަމަ އެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހުގެ މެންބަރުންނަށް އޮންނާނެ ކަން ނަޝީދު ހަދާންކޮށްދެއްވި އެވެ.

ކޮވިޑް-19 ގެ ނުރައްކާތެރިކަމުގެ ވާހަކަތައް ރާއްޖޭގެ ބައެއް މީޑިއާތަކުން ގެންނަނީ ބިރުވެރި ފިލްމެއްގެ ގޮތުގައި ކަން ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، ކޮވިޑް-19 އަކީ މަރުބައްޔެއްގެ ގޮތުގައި ބައެއް މީހުން ބުނި ނަމަވެސް އެއީ މަރުބައްޔެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


4

ބޭބެ

19-May-2020

މިކަހަލަ އުޑެއްބުޑެއް ނުފިލާ މީހަކުލައިގެން ރަށްޔިތުންގެ މަޖިލީހުން ރަށްޔިތަކަށް ފައިދާއެއްނުކުރާނެ މުޅިޤަވްމުގަ އަނގަބޮޑުއަންނި ވީމަ ................ މިވަބާއިން .......


4

އިސްލާމް މިއާ

19-May-2020

ބަންގާޅުމީހަކަށް މަ ވިޔަސް އަންނި ގެ ރޭވުން މަށަށް ވެސް އެނގޭ އެވަރުނވިސްނޭ އޭނާ އުޅެނީ ރައީސް ސޯލިހް ގެ ސަރުކާރު ފޭލި ކޮއްލާންވެގެން


11

ސިޔާދު

19-May-2020

ދޮންބިލަތަކީވެސް އަންނި ލަތީފު އަކީވެސް އަންނި އަލީއާޒިމް އަކީވެސް އަންނި މަޖިލިސް ތެރޭ އަންނިމާ ގިނަވުމާކީ ސަރިކާރު ބަލިކަށިވާނެ ކަމެއް


13

ދެކުނު މޫސަ

19-May-2020

ނަޝީދު ތިޔަދެއްވީ ސީދާ ރައީސް ސޯލިހަށް ބޮޑުވެގެންވާ އިންޒާރެއް ކެތްނުވި ދޯ އެކުވެރިޔާވެރިކަން ކުރައްވާ މަންޒަރުބަލަންވެސް މިސަރުކާރު އައީއްސުރެންވެސް ސަރުކާރަށް ޖެއްސުން ކުރާބަޔަކީ ނަޝީދު އާއި އޭނާގެ ޕަޕެޓުން



ޓްރެންޑިން