އެމްއެސްއެސްއިން މިއަދު ރާއްޖެ ގެނައި ކޮންޓެއިނާ ބޯޓު
އެމްއެސްއެސްއިން މިއަދު ރާއްޖެ ގެނައި ކޮންޓެއިނާ ބޯޓު
މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނިން އައު ކޮންޓޭނަރ ބޯޓެއް ގަނެފިއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގް ކުންފުނިން ގަނެފައިވާ ބޯޓް ރާއްޖެއަށް ގެނެސްފައި ވަނީ މިއަދެވެ. މިއީ އެމްއެސްއެސް އިން ގަނެގެން ގެނައި ފުރަތަމަ ބޯޓެވެ.

މި ބޯޓަކީ އެއްފަހަރާ 680 ކޮންޓެއިނަރު އުފުލޭނެ ބޯޓެއްކަމަށް އެމްއެސްއެސްއިން ވަނީ ބުނެފަ އެވެ. އެމްއެސްއެސް އިން ބުނީ އެ ބޯޓާއެކު ރާއްޖެއާ ސްރީ ލަންކާއާ ދެމެދުގައި ސީދާ ދަތުރުތައް ކުރުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އެމްއެސްއެސް އަކީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނެޏެކެވެ. އެކުންފުނީގައި ހިމެނެނީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ 0.01 ޕަސެންޓް ހިއްސާ އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ސަބަބުން އެ ކުންފުނިން ނުއަގުގައި ބޭރުގެ ކޮންޓެއިނާ ވެސަލް ތަކުގައި މުދާ ގެންނަ ގެނައުމަށް ލުޔެއް ލިބި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވާނެކަމަށް އެސްޓީއޯއިން ލަފާކުރެ އެވެ. އަދި މިކަމުގެ ސަބަބުން ކުންފުނީގެ އާމްދަނީ އިތުރުވާނެކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގަ އެވެ. މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް، އެމްއެންއެސްއެލްގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން ކުންފުނި ހިންގުމަށްފަހު ކުންފުނި ހުއްޓާލީ ދަރަނި ބޮޑުވުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން