ކޮވިޑް-19 ގެ ވޭރިއަންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓަށްވުރެ ޑެލްޓާ ސަބްވޭރިއަންޓް މާ އަވަހަށް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފެންނާތީ އެ ވޭރިއަންޓް އިތުރަށް ދިރާސާކުރުމަށް ނިންމާފައިވާކަމަށް އިނގިރޭސިވިލާތުގެ ހެލްތު ސެކިޔުރިޓީ އެޖެންސީން ބުނެފިއެވެ.

އިނގެރޭސި ވިލާތުގެ ހެލްތު ސެކިޔުރިޓީ އެޖެންސީން ބުނީ ޑެލްޓާ ވޭރިއަންޓަށްވުރެ ޑެލްޓާ ސަބްވޭރިއްންޓް ފެތުރޭ ސްޕީޑް މާ އަވަސްކަމަށެވެ. އެހެންކަމުން މި ވޭރިއަންޓް އިތުރަށް ދިރާސާ ކުރުމަށްޓަކައި އަންޑަރ އިންވެސްޓިގޭޝަން މަރުހަލާއަށް ލާފައިވާ ކަމަށެވެ.

ވޭރިއަންޓް އަންޑަރ އިންވެސްޓިގޭޝަނަކީ އެވޭރިއަންޓެއްގެ ނުރައްކާ ބޮޑުވެދާނެހެން ހީވާތީވެ އިތުރަށް ބަލާ ދިރާސާ ކުރުމަށް ލާ ކެޓަގަރީއެކެވެ. އެގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އިނގިރޭސިވިލާތުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކޭސްތަކަށް ބަލާއިރު ޑެލްޓާ ސަބްވޭރިއަންޓްކަމުގައިވާ "އޭވައި ފޯރ ޓޫ" ޖެހޭ މީހުން ދަނީ އިތުރު ވަމުންކަމަށް އެގައުމުގެ ހެލްތު ސެކިޔުރިޓީ އެޖެންސީން ބުނެފައިވެއެވެ.

އެހެންކަމުން ކުރިޔަށް އޮތްތަނުގައި އިނގިރޭސިވިލާތުގައި ޑެލްޓާ ވޭރިއަންޓަށްވުރެ ޑެލްޓާ ސަބްވޭރިއަންޓް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގެ ހެލްތު ސެކިޔުރިޓީ އެޖެންސީން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް މި ވޭރިއަންޓަކީ ނުރައްކާތެރި ވޭރިއަންޓެއްކަމައް ފެނިފައި ނުވާއިރު، މި ވޭރިއަންޓަކީ މިހާރު ޖަހަމުން އަންނަ ވެކްސިންތަކުގެ އަސަރު ކުޑަކުރުވާ ވޭރިއަންޓެއްގެ ގޮތުގައި އަދި ފާހަގަވެފައި ނުވާކަމަށްވެސް އެގައުމުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން