ކޯވިޑް-19އާ ގުޅިގެން ހަރަދު ކުޑަކުރުމަށް ދަޢުލަތުގެ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމާފައިވީ ނަމަވެސް ފްރަންޓްލައިންގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވަނީ މުސާރަ ކުޑަ ކުރާ ފަރާތްތަކުގެ ތެރެއިން އިސްތިސްނާ ފަރާތްތައް ހާމަ ކޮށްފައެވެ.
އެގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ މުވައްޒަފުންްނާއި، އެޗްޕީއޭގެ މުވައްޒަފުންނާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސް އައްޔަންކުރާ މަގާމުތައް ފިޔަވައި އެހެން މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
20،000 އަށް ވުރެ މަތިން މުސާރަ ލިބޭ ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާއިރު މިނިސްޓަރ ވިދާޅުވީ އެކަމުގެ ތަފްސީލުތައް ހިމެނޭ ސާކިއުލާއެއް މިއަދު ނެރުއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު