އަހުމަދު ޝާހް   20 ސެޕްޓެމްބަރު 2021 - 16:34
ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު 3:35 ހާއިރު ހިނގި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. ނަމަވެސް ކާރަށާއި ފެންސަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހައިވޭ މަތިން ބާރު ސްޕީޑުގައި ދުއްވަމުން އައި ކާރެއް ކޮންޓްރޯލްނުވެ ހައިވޭ އިން ހުޅުމާލެއަށް އަރަން އޮންނަ ކޮޅުގެ ބޮޑު މަގުގެ އެއް ފަޅީގައި ހުރި ފެންސެއްގައި ޖެހިގެންނެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް މިހާރު ބަލަމުން ގެންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު