ކިއުބާގައި އުމުރުން 2 އަހަރާއި 10 އަހރާއި ދެމެދުގެ ކުދިންނަށް ކޮވިޑް-19ގެ ވެކްސިން ދެމުންދަނީ
ކިއުބާގައި އުމުރުން 2 އަހަރާއި 10 އަހރާއި ދެމެދުގެ ކުދިންނަށް ކޮވިޑް-19ގެ ވެކްސިން ދެމުންދަނީ
ކެރީބިއަންގެ ގައުމެއް ކަމަށްވާ ކިއުބާގައި އުމުރުން 2 އަހަރާއި، 10 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކޯވިޑް ވެކްސިން ދޭން ފަށައިފިއެވެ.

ކިއުބާގެ ދައުލަތުގެ މައި މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އުމުރުފުރައިގެ ކުޑަކުދިންނަށް ވެކްސިން ދޭން ފަށާފައިވަނީ ސްކޫލްތައް އަލުން ހުޅުވާލުމުގެ ބޭނުމުގައެވެ. އަދި ކޮވިޑް-19ގެ މި ޕެންޑެމިކް ތެރޭގައި ކިއުބާގައި ދަރިވަރުން ސްކޫލްތަކަށް ކިޔަވަން ދިއުމުގެ ބަދަލުގައި ކިޔަވަނީ ޓީވީއިން ގެނެސްދޭ ޕްރޮގްރާމްތައް މެދުވެރިކޮށެވެ.

ކިއުބާގައި އުފެއްދި ވެކްސިން، ކުޑަކުދިންނަށް ރައްކާތެރިކަމަށް އެ ގައުމުން ނިންމީ މި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކޮވިޑުން ދިފާއުވުމަށް އެހެން ގައުމުތަކުން ވެކްސިން ގަތުމުގެ ބަދަލުގައި ކިއުބާއިން ވަނީ އަމިއްލަ ވެކްސިނެއް އުފައްދަން އިސްކަން ދީފައެވެ. އެގޮތުން މި ވެކްސިނަކީ އިންސާނުންނަށް ރާއްކާތެރި އެއްޗެއް ކަމަށް ކިއުބާގެ ސައިންޓިސްޓުން ބުންޏަސް، ބޭރުގެ މާހިރުންނަށް އަދި މި ވެކްސިން ޓެސްޓުކުރުމުގެ ފުރުސަތެއް ލިބިފައެއްނުވެއެވެ. އެ ގައުމުގެ ސަރުކާރުން ބުނާގޮތުގައި ކިއުބާގެ ވެކްސިނަށް ޑަބްލިއުއެޗްއޯގެ ހުއްދައަށް އަދި އެދިފައި ނުވާނެކަމަށާއި، ނަމަވެސް އަދި ހުއްދައަށް އެދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކިއުބާގެ ހެލްތު މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަތަރު މިލިއަން މީހުން ވެކްސިން ފުރިހަމަކޮށްފައިވާއިރު، 11.2 މިލިއަންގެ އާބާދީއެއް އޮންނަ ކިއުބާގެ އަމާޒަކީ ނޮވެމްބަރު މަހުގެ މެދު ތެރޭގައި ބޯޑަރުތައް ހުޅުވާލުމުގެ ކުރިން އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން