ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރ އެގްރީމަންޓްގައި ސޮއި ކުރުން
ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރ އެގްރީމަންޓްގައި ސޮއި ކުރުން
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއެކު ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރ އެގްރީމަންޓް އައުކޮށްފިއެވެ.

މިއަދު ޤައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ހަފްލާއެއްގައި މި އެގްރީމަންޓުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރއެވެ. އެފް.އޭ.އެމް ގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި އެގްރީމަންޓުގެ ދަށުން ބީއެމްއެލް ވެގެންދާނީ ކުރިއެކޭވެސް އެއްފަދައިން ޤައުމީ ސީނިއަރ ފިރިހެން ޓީމާއި، ސީނިއަރ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަށެވެ. މި އެއްބަސްވުމާ ގުޅޭގޮތުން ޓިމް ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަ މި ދަނޑިވަޅުގައި މި ޕާޓްނަރޝިޕް އައު ކުރެވިގެންދާކަމީ އެބޭންކަށް ލިބޭ އުފަލެއް ކަމަށާއި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޤައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް މި ހުނަރު ފުޅާކުރަން އެހީތެރިވުމަކީ އެބޭންކުން ނުހަނު ބޮޑު އިސްކަމެއްދޭކަމެއް ކަމަށެވެ.

"ކުރިއަށްއޮތް ސާފް ޗެންޕިއަންޝިޕް މުބާރާތުގައި އަޅުގަނޑުމެން އެދެނީ ދިވެހި ގައުމީ ޓީމަށް ކާމިޔާބު ލިބުން." ޓިމް ވިދާޅުވިއެވެ.

"ބީއެމްއެލާއެކު މި އެއްބަސްވުން އައު ކުރެވިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް އަދި އުފަލެއްވެސްމެ. އަަޅުގަނޑުމެންގެ ކުޅުންތެރިންނަކީ އަޅުގަނޑުމެންގެ ފަހުރު. އަދި ހޯދަމުންދާ ނަތީޖާއަކީ ކުޅިވަރު ދަނޑުގެ އިތުރުން ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތާއި އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާ. މި ފުރުސަތުގައި ޤައުމީ ޓީމަށާއި ރާއްޖޭގައި ކުޅިވަރާއި ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމަށް ބީއެމްއެލުން ވެދެއްވާ އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން." އެފް.އޭ.އެމްގެ ރައީސް ބައްސާމް ވިދާޅުވިއެވެ.

2017 ވަނަ އަހަރުން ފެށިގެން ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕް 2021 ގެ އޮފިޝަލް ބޭންކިންގ ޕާޓްނަަރަކީ ވެސް ބޭންކް އޮފް މޯލްޑިވްސް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން