ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ އަރިހުގައި މަސައްކަތްކުރި ބައެއް ފަރާތްތައް ކޮވިޑަށް ޕޮޒިޓިވްވުމުން، ޕޫޓިން އަމިއްލަފުޅަށް ކަރަންޓީން ވެވަޑައިގެންފިއެވެ.

އިއްޔެ ޕޫޓިން ވިދާޅުވީ އެމަނިކުފާނާއެކު މަސައްކަތް ކުރައްވާ ބައެއް ފަރާތްތަކުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު އަމިއްލަފުޅަށް އެކަހެރިވުމަށް ނިންމައި އަމިއްލައަށް އެކަހެރިވެ ވެވަޑައިގެންނެވީ ކަމަށެވެ. މިއީ އެންމެންގެ ރައްކަލަކަށް ނިންމި ނިންމުމެއްކަމަށްވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން ކޮވިޑަށް އުފެއްދި ވެކްސިން ކަމަށްވާ ސްޕަޓްނިކް ވީ ވެކްސިންގެ ދެ ޑޯޒް ޕޫޓިން ވަނީ ފުރިހަމަ ކުރައްވާފައެވެ. އަދި ޕޫޓިން އަމިއްލަފުޅަށް ކަރަންޓީނުވެ ވަޑައިގެންނެވި ނަމަވެސް ބައްޔަށް ޕޮޒިޓިވްވެފައި ނުވާކަމަށާއި، ޕޫޓީންގެ ހާލުކޮޅު ރަނގަޅުކަމަށް ވެސް ރަޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މި ހަފުތާގައި ޕޫޓިން ތަޖްކިސްތާނަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ނިންމަވާފައިވާއިރު، މި ދަތުރުފުޅަކީ އަފްޣާންގެ ހާލަތާއި ގުޅިގެން އެމަނިކުފާނު ކުރައްވަން ނިންމެވި ދަތުރުފުޅެއްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން