އިސްރާއިލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
އިސްރާއިލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ގިލޯބާ ޖަލު
އިސްރާއީލުގެ ސެކިއުރިޓީ އެންމެ ވަރުގަދަ ޖަލުކަމަށްވާ ގިލޯބާ ޖަލުން ފިލި ފަލަސްތީނުގެ ހަ މީހުންގެ އާއިލާތަކުގެ ތެރެއިން ބައެއް ފަރާތްތައް ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަލުން ފިލުމަށް ރޭވި މާސްޓަރމައިންޑް ކަމަށް ބެލެވޭ މަޙްމޫދު އަރްދާޙްގެ ދެ ބޭބެއިންނާއި އޭނާގެ ތިމާގެ މީހެއް ކަމަށްވާ ޑރ. ނިދާލް އަރްދާޙް ހައްޔަރު ކޮށްފައިވާއިރު، މަޙްމޫދު އަރްދާޙާއެކު ޖަލުން ފިލި މުނާދިލް އިންފިއާތުގެ ބައްޕައާއި އިތުރު މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

މިކަމާ ގުޅިގެން އިސްރާއިލު ސިފައިން ބުނީ ބުދަ ދުވަހުގެ ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި ބައެއް މީހުން ހައްޔަރު ކޮށްފައިވާކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތަފްސީލެއް އިސްރާއީލު ސިފައިން ދީފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލުގެ ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ޖަލުން ފަލަސްތީނުގެ ހަ ގައިދީން ފިލުމާއެކު މިކަމަކީ އިސްރާއީލުގެ އަމަން އަމާން ކަމަށާއި، ސަލާމަތަށް ހުރި ނުރައްކަލެއްކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ގިލޯބާ ޖަލުން ފިލި ފަލަސްތީނުގެ ހަ މީހުން ހޯދުމަށް އެގައުމުގެ ސިފައިންނާއި އަސްކަރިއްޔާއިން ކުރި މަސައްކަތް މިހާތަނަށް ނާކާމިޔާބުވެފައިވާއިރު، މީގެ ކުރިން ވެސް އިސްރާއީލުގެ ޖަލުތަކުގެ ސެކިއުރިޓީ ފެއިލްވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ޖަލުންފިލި ގައިދީން ބިންގަރާސް ކޮނެފައިވަނީ ވަރަށްވެސް ފުރިހަމައަށް ކަމަށް އެގައުމުގެ ޖަލު އޮފިސަރަކު މީޑިއާއާ ވާހަކަ ދައްކަމުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން