މަރިޔަމް ލައިޝާ   8 ސެޕްޓެމްބަރު 2021 - 18:30
ތާލިބާންގެ ދިދަ ހިފައިގެން ހުރި ޒުވާނެއް
ތާލިބާންގެ ދިދަ ހިފައިގެން ހުރި ޒުވާނެއް
ޠާލިބާން ޖަމާއަތުން އަފްޣާނިސްތާނުގެ އައު ސަރުކާރު އިއުލާންކޮށްފިއެވެ.

ޠާލިބާން ޖަމާއަތުގެ ތަރުޖަމާން ވަނީ، އެޖަމާއަތުން އެކުލަވާލާ ސަރުކާރުގެ ލީޑަރަކި މުހައްމަދު ހަސަން އަޚުންދުކަން އިއުލާން ކޮށްފައެވެ. ތާލިބާން ޖަމާޢަތުން އިއުލާންކުރި އައު ސަރުކާރުގެ އެއްވެސް މަގާމަކަށް އަންހެނަކު އައްޔަން ކޮށްފައެއް ނުވެއެވެ.

ލީޑަރުގެ އިތުރުން ޑެޕިއުޓީ ލީޑަރަކީ އަބްދުލް ޣަނީ ބަރާދަރު ކަމަށްވެސް ވަނީ އިއުލާން ކޮށްފައެވެ. އަދި މި ދެމީހުންގެ އައު ކެބިނެޓްގެ މުހިންމު މަގާމްތަކުގެ ތެރޭގައި އިންޓީރިއަރ މިނިސްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެމެރިކާއިން ޓެރަރިސްޓެއް ކަމަށް ކަޑައަޅާފައިވާ، އޭނާގެ ބޮލަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައިވާ، ސިރާޖުއްދީން ހައްޤާނީއެވެ. އަދި ޑިފެންސް މިނިސްޓަރަކަށް ހަމަޖެއްސީ، ޠާލިބާން ޖަމާއަތުގެ އެއް ބާނީ ކަމުގައިވާ މުއްލާ އުމަރުގެ ދަރިފުޅު މުއްލާ މުހައްމަދު ޔައުޤޫބެވެ.

ވަގުތީ މާލީ ވަޒީރަކަށް ހަމަޖައްސަވާފައިވަނީ، ހިދާޔަތުﷲ ބަދުރީއެވެ. ވަގުތީ ދިފާއީ ވަޒީރަކީ، މުއްލާ މުހައްމަދު ޔައުޤޫބް، ވަގުތީ ތައުލީމާ ބެހޭ ވަޒީރަކީ ޝެއިޚް މައުލްވޭ ނޫރުﷲ މުނީރެވެ.

އަފްޣާނިސްތާނުގެ އައު ސަރުކާރުގެ ކެބިނެޓް އިއުލާން ކުރަމުން، ޠާލިބާން ޖަމާއަތުގެ ތަރުޖަމާން މުޖާހިދު ބުނެފައިވަނީ، މިހާރު އިއުލާން ކުރަނީ ވަގުތީ ކެބިނެޓެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން