އަފްޣާނިސްތާނު ޕަންޖްޝިރް ޕްރޮވިންސްގެ ހަނގުރާމަވެރި ލީޑަރު - އަޙުމަދު މަސްޢޫދު
އަފްޣާނިސްތާނު ޕަންޖްޝިރް ޕްރޮވިންސްގެ ހަނގުރާމަވެރި ލީޑަރު - އަޙުމަދު މަސްޢޫދު
ޠާލިބާން ޖަމާޢަތާއެކު ސުލްހައިގެ ވާހަކަތަކަށް ތައްޔާރު ކަމަށް އަފްޣާނިސްތާނުގެ ޕަންޖްޝިރް ޕްރޮވިންސްގެ ހަނގުރާމަވެރި ލީޑަރު އަޙުމަދު މަސްޢޫދު ބުނެފިއެވެެ.

ޕަންޖްޝިރް ޕްރޮވިންސްގެ ހަނގުރާމަވެރި ލީޑަރު އަޙުމަދު މަސްޢޫދު ބުނެފައިވަނީ، ހަނގުރާމަ ހުއްޓުމަށްޓަކާ ސުލްހައިގެ ވާހަަކަތަކަށް މަރުހަބާ ކިޔާކަމަށާއި، އަފްޣާނިސްތާނުގެ ޕަންޖްޝިރް ޕްރޮވިންސްގައި ތިބި ހަނގުރާމަވެރިންނާ ޠާލިބާނުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި، ދެފަރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

އާދީއްތަ ދުވަހު ޕަންޖްޝިރް ހަނުރާމަވެރިން ބުނެފައިވަނީ ޠާލިބާންގެ ހާހަކަށްވުރެ ގިނަ ހަނގުރާމަވެރިންނާއި ހަތިޔާރު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާނެެ ކަމަށެވެ.

އިދިކޮޅު ހަނގުރާމަވެރިންނާއި ޠާލިބާން ޖަމާޢަތާ ދެމެދު ވަރުގަދައަށް ހަމަލާ ބަދަލުކުރަން ފަށާފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރެއިން ފެށިގެންނެވެ. އަދި މި ހަމަލާތަކާ ގުޅިގެން މި ޕްރޮވިންސްގެ އެތައް ބަޔަކު މިހާރު އަވަށް ދޫކޮށް ދާންވެސް ފަށާފައިވާ ކަަމަށް ރިޕޯޓުތައް ބުނެއެވެ.

ޠާލިބާން ޖަމާޢަތުން ފާއިތުވި އޮގަސްޓުމަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައި ވީނަމަވެސް، އެގައުމުގެ ހުޅަނގު އުތުރުން އޮންނަ ޕަންޖްޝިރް ޕްރޮވިންސް އެމީހުންގެ ބާރުގެ ދަށަށް ގެނެވިފައެއް ނުވެއެވެ. އަދި ޕަންޖްޝިރް ޕްރޮވިންސް އަލުން ހިފުމަށް ޠާލިބާން ޖަމާޢަތުގެ އެތައް ސަތޭކަ ހަގުރާމަވެރިންނެއް ވަނީ ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން