ކާބުލްގައި އަންހެނުން މުޒާހަރާ ކުރަނީ
ކާބުލްގައި އަންހެނުން މުޒާހަރާ ކުރަނީ
ތާލިބާނުންގެ ކޮންޓްރޯލްގެ ދަށުގައިވާ ކާބުލްގައި، އަންހެން އެކްޓިވިސްޓުންތަކެއް ނުކުމެ ހަމަހަމަކަމާއި އިންސާފު ގާއިމް ކުރުމަށް ގޮވާލައި މުޒާހާރާކޮށްފިއެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ މި މުޒާހަރާ ބާއްވާފައިވަނީ ވުމަން ޕޮލިޓިކަލް ޕާޓިސިޕޭޝަން ނެޓްވޯކުންނެވެ. މިކަމުގައި ބޮޑު ނުރައްކަލެއް އޮތް ނަމަވެސް ފަސްޖެހުމެއް ނެތި މި ގްރޫޕުން ވަނީ ހުކުރު ދުވަހު ފިނޭންސް މިނިސްޓްރީގެ ކުރިމަތީގައި މުޒާހަރާކޮށްފައެވެ. އެމީހުން ގޮވަމުން ދިޔައީ ސަރުކާރުގައި އަންހެނުން ބައިވެރި ކުރުމަށާއި، ހަމަހަމަކަން އެކުލެވޭ ގާނޫނުއަސާސީއެއް އެކުލަވާލުމަށެވެ.

ސޯޝަަލް މީޑީިއާގެ ޕްލެޓްފޯމްތަކުގައި އާންމުވެފައިވާ ތަފާތު ވީޑިއޯތަކުން ފެންނަނީ މުޒާހަރާކުރަމުން ދިޔަ އަންހެނުންނާއި ތާލިބާންގެ ގާޑުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާ މަންޒަރެވެ. އެ މުޒާހަރާގައި ބައިވެރިވުމަށް އެއްވި މީހުންގެ އަދަދު ނިސްބަތުން މަދުކަމަށް މީސްމީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް މިއީ ތާލިބާނުންގެ ވެރިކަމުގައި ހަމަހަމަކަން ހޯދުމަށާއި، އިންސާފު ހޯދުމަށް ހިތްވަރާއެކު ނުކުމެ ކުރި ޗެލެންޖެއްކަމަށް މީޑިއާތަކުގައި ބުނެފައިވެއެވެ.

ތާލިބާން ޖަމާއަތުން އަންނަނީ ސަރުކާރު އުފެއްދުމަށްޓަކައި އެ ޖަމާއަތުގެ އެތެރޭގައި މަޝްވަރާތަކެއް ކުރަމުންނެވެ. އަދި މަސައްކަތް ކުރާ އަންހެނުން ތިބެން ޖެހޭނީ ގޭގައި ކަމަށް ބުނެފައިވާއިރު، ތާލިބާނުން ވަނީ އޮފީސްތަކުގައި މަސައްކަތް ކުރާ އަންހެނުން އެމީހުންގެ މަސައްކަތް ދޫކޮށް ދިއުމަށް ވެސް އަންގާފައެވެ. ނަމަވެސް ތާލިބާނުންގެ ލީޑަރު ވަނީ މުޖްތަމައުގައި އަންހެނުން ބޮޑު ރޯލެއް އަދާކުރާނެކަމަށް ވިދާޅުވެ އަންހެނުންނަށް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތުދޭނެކަމަށްވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން