ހިޔާ ފްލެޓްތައް | ރަސް ފޮޓޯ: ޝާހް
ހިޔާ ފްލެޓްތައް | ރަސް ފޮޓޯ: ޝާހް
"ހިޔާ" އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ހިޔާފުލެޓު ލިބިފައިވާ ފަރާތްކާއި އެކު މިމަހުގެ 24 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވީނަމަވެސް އަޟްހާ ޢީދަށް ފަހު ދެން އެއްބަސްވުމުގައި ސޮއިކުރަން ފަށާނީ މިމަހު 25 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އަދި ތާވަލުކުރެވިފައިވާ ފަދައިން މިމަހުގެ 24 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ނުގެންދިޔަ ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ މީގެ ކުރިންވެސް އިއުލާނު ކުރެވިފައިވާ ފަދައިން ޓަވަރު ތަރުތީބުން ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ހުރިހާ ޓަވަރެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަކި ތާރީހެއް ކަނޑައެޅިފައިވީ ނަމަވެސް އެއްބަސްވުމުގައި ސޮއިކުރުމަށް ފުރުސަތު ދޭނީ އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިންނާއި އެކޯޕަރޭޝަނަށް މައުލޫމާތު ފޯމު ހުށަހަޅާ މީހުންގެ ތެރެއިން މައުލޫމާތުތައް ކަށަވަރުކުރުމަށްފަހު ސޮއިކުރަން ތާވަލުކޮށް އެޗްޑީސީން އިއުލާނުކުރާ މީހުންނަށް ކަމަށެވެ.

ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ގެންދަނީ ހުޅުމާލެ ހުރަވީ ސްކޫލު ހޯލްގައެވެ. ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރަމުން ގެންދާއިރު، އެޗްޑީސީން ނިންމާފައިވަނީ ފިނިޝިން މަސައްކަތް ނިންމާ މުއްދަތުގައި ފްލެޓުތަކުގެ ކުލި ނުނެގުމަށެވެ. އެމަސައްކަތް ނިންމުމަށް އެޗްޑީސީން ދީފައިވަނީ 3 މަސްދުވަހެވެ. އެހެން ނަމަވެސް ފްލެޓު ލިބުނު ފަރާތްތަކުން ދަނީ އެ މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން