އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)ގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 1.8 މިލިއަން ޑޮލަރު ހޯދުމަށް އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރުންތަކެއް ކޯޓުގައި ދައުވާކޮށްފިއެވެ.

އައްޑޫ ފްލައިންގ ސްކޫލްގެ 48 ދަރިވަރުންގެ ފަރާތުން މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ޕްރިމިއާ ޗެމްބާސްގެ ފަރާތުންނެވެ. އަދި ކޯޓުން ވަނީ މިމައްސަލަ މިހާރު

ބަލައިގެންފައެވެ.

ދަރިވަރުންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ދަރިވަރުންގެ އަތުން ހައްގު ނޫން ފައިސާއެއް ނަގާފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށެވެ. އަދި މައްސަލައިގައި ދައުވާކުރާ ދަރިވަރުން ހިދުމަތް ހޯދުމަށް އޭއޭއޭއަށް ދައްކާފައިވާ 1.8 މިލިއަން ޑޮލަރަކީ ފްލައިން ސްކޫލުން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަރިވަރުންނަށް އަނބުރާ ދޭންޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅައިދިނުމަށްވެސް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވެއެވެ.

ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އޭއޭއޭގެ ވިޔަފާރި ވިއްކާލައި ނުވަތަ މުދާ ވިއްކާލައި ރާއްޖެ ދޫކޮށް ދިއުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ ދަރިވަރުންނަށް އިޔާދަ ނުކުރެވޭނެ ގެއްލުމާ ކުރިމަތިލާންޖެހޭނެ ފަދަ ހާލަތަކަށް ވާނެތީ، އޭއޭއޭގެ ވިޔަފާރި ވިއްކާނުލެވޭނެކަމާއި އެ ފަރާތުގެ ވިޔަފާރީގެ ހައްގުތައް ބަދަލުކުރުމާއި އެކަންކަން ދައުލަތުގެ އިދާރާތަކުގެ ރަޖިސްޓްރީކުރުމުގެ އެއްވެސް ކަމެއް ނުކުރެވޭނެކަމަށް ކަނޑައަޅައިިދިނުމަށްވެސް އެދިފައިވެއެވެ.

އައްޑޫ ފްލައިންގ ސްކޫލްގެ މައްސަލަ ބޮޑުވެފައިވާއިރު، ރާއްޖޭގެ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑު ކޮލެޖުން ވަނީ ފްލައިން ސްކޫލު ގަނެ އެތަން ހިންގުމުގެ މަސައްކަތާ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހަވާލުވެފައެވެ. ނަމަވެސް ފްލައިންގ ސްކޫލް ހިންގުމުގެ ހުއްދައެއް ސަރުކާރުން އެ ކޮލެޖަށް ދީފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން