ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފައްޓަވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ބައިވެރިކޮށްގެން ހަރަކާތްތައް ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިލްތިމާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތިލަދުންމައްޗަށް ކުރައްވާ 2 ދުވަހުގެ ދަތުރުފުޅެއް މިއަދު ފަށްޓަވާނެއެވެ. މި ދަތުރުފުޅުގައި ހދ. ކުޅުދުއްފުއްޓާއި، އެއަތޮޅު ކުމުންދޫގެ އިތުރުން ހަނިމާދުއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ބުނީ ތިލަދުންމައްޗަށް ރައީސް ޞާލިހު ކުރައްވާ ދަތުރުފުޅާއި ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޚާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާކަމަށެވެ. ނަމަވެސް ކޮވިޑްގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެތީ، ގިނަ ބަޔަކު އެއްތަން ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް ދަންނަވާފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ކޯވިޑްގެ ފުރަތަމަ ރާޅަށްފަހުވެސް ރައީސް ވަނީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، ރަށްރަށަށް ބޭނުންވެފައިވާ ތަރައްޤީގެ މަޝްރޫތަކާއި ގުޅޭގޮތުނާއި ރަށްޔިތުންގެ ހާލަތު ގާތުން ބައްލަވާފައެވެ. ރައީސް ޞާލީހު ވަނީ ކޯވިޑްގެ ޙާލަތު އައުމާހަމައަށް ރާއްޖޭގެ 69 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާއެކު ވަނީ ބާއްވަވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ފާތުން

21-Jul-2021

ދާނެ ބަޔަކު ނުވާނެތީ



ޓްރެންޑިން