ޖަލުތަކުގައި ބަންދުކޮށްފައި ތިބި ޤައިދީންނާއި ބަންދު މީހުންގެ، އާއިލާގެ މެމްބަރުންނާއި އެމީހުންގެ ވަކީލުންގެ ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު ކަރެކްޝަނުން އާންމުކޮށް ހުޅުވާލައިފިއެވެ.

ކޯވިޑާއި ގުޅިގެން ޤައިދީންގެ އާއިލާތަކަށް ޖަލަށް ޒިޔާރަތްކުރުމުގެ ފުރުސަތު އޮތީ މެދުކަނޑާލާފައެވެ. ނަމަވެސް ކަރެކްޝަނުން މިހާރު ވަނީ ކޯވިޑްގެ އައު އާއްމު ހާލަތުގައި ޤައިދީންގެ އާއިލާތަކާއި ވަކީލުން ޖަލަށް ޒިޔާރަތްކުރާއިރު އަމަލުކުރާނެ އުސޫލެއް ކަނޑައަޅާ ބައްދަލުވުންތައް އާންމުކޮށް ހުޅުވާލާފައެވެ.

މި އުސޫލުގެ ދަށުން އެއްވެސް ޤައިދީއެއްގެ އާއިލާ މެމްބަރަކަށް ނުވަތަ ވަކީލަކަށް ޖަލަށް ޒިޔާރަތްކުރެވޭނީ ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާނަމައެވެ. އަދި ޖަލަށް ޒިޔާރަތްކުރާ ދުވަހު 72 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާވެސް ހުށައަޅަންޖެހޭނެއެވެ.

އައު އުސޫލު ބުނާގޮތުން 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ޖަލަށް ޒިޔާރަތްކުރާނަމަ އެކުއްޖާގެވެސް 72 ގަޑިއިރުގެ ނުވާ ޕީސީއާރުގެ ނަތީޖާ ހުށައަޅަންވާނެއެވެ. އަދި އާއިލީ ބައްދަލުވުންތަކަށް ހުއްދަ ދެނީ އެއް ފަހަރާ އެންމެ ގިނަވަގެން 5 މީހުންނަށްކަމަށްވެސް އުސޫލުގައިވެއެވެ. މީގެއިތުރުން ޖަލުގައި ނުވަތަ ބަންދުގައި ހުރި މީހަކާއި ބައްދަލުކުރަން އެއް ފަހަރާއި އެންމެ ގިނަވަގެން ދެވޭނީ 3 ވަކީލުންނަށްކަމަށްވެސް މި އުސޫލުގައި ބުނެއެވެ.

ބައްދަލުވުންތަކުގައި މާސްކް އަޅަން މަޖުބޫރުކޮށްފައިވާއިރު، އެއްވެސް ސަބަބަކާއި ހުރެ މާސްކު ނަގަން ޖެހިއްޖެނަމަ 3 ފޫޓް ދުރުމިން ބަހައްޓަންޖެހޭނެކަމަށްވެސް އުސޫލުގައިވެއެވެ. އަދި އުސޫލުތަކާއި ހިލާފުވާނަމަ ވަގުތުން ބައްދަލުވުން މެދުކަނޑާލެވޭނެ ކަމަށްވެސް ކަރެކްޝަނުގެ އުސޫލުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން