ދުވަސްތަކަކަށް ފަހު ރާއްޖެއިން ކޯވިޑް ބަލީގައި ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ނިޔާވެފައިވާކަމަށެވެ. އޭނާ ނިޔާވީ ރޭ 12:17 ހާއިރުކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 216 ވަނަ މީހާއެވެ.



ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 216 އަށް އަރާފައިވާއިރު މީގެތެރޭގައި ހިމެނެނީ 197 ދިވެހިންނާއި 19 ބިދޭސީންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 75،622 އަށް އަރާފައެވެ. އަދި ބުދަދުވަހުގެ އިރުއޮއްސި 6:00 އިން އިއްޔެ އިރުއޮއްސި 6:00 އަށް އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2562 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން