ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުންކަމަށް އެ ކޯލިޝަންގެ އެކްޓިންގ ލީޑަރު، އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ، ޕީޕީއެމް، ޕީއެންސީ ކޯލިޝަނާއެކު އިއްތިހާދެއް ހެދުމުގެ ޝައުގުވެރިކަން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވީ ‏ޕީޕީއެމް، ޕީއެންސީއަށް އެންމެ ރަނގަޅުގޮތް ނިންމާނީ ކޯލިޝަނުންކަމަށެވެ. އަދި ރައީސް ޔާމީންގެ ލީޑަރޝިޕްގައި ކުރިއަށްދާ އެ ކޯލިޝަނުން އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.



ޕީޕީއެމާއެކުގައި މަސައްކަތް ކުރުމަށް ފާޅުކުރައްވާފައިވާ ހިޔާލުފުޅު އިތުރަށް ތަފްސީލްކޮށްދެއްވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޕީޕީއެމަށް ބަދަލުތަކެއް ގެނެވިދާނެ ކަމަށެވެ. އަދި އެގެނެވޭ ބަދަލުތަކަކީ އިންޑިއާ އައުޓްގެ ފަލްސަފާއާއި ދުރު، ނަފްރަތުގެ ބިލަށް ތާއިދު ކުރެވޭ، އަދި މިއުޒިކަށް ވެސް އެއްބަސް ވެވޭ ބަދަލުތަކަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމާއެކު އެއްބަސްވެވޭ އެމްޑީޕީ، ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތްކަމަށްވެސް ރައީސް ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން