މާލެ ސިޓީ ކައުންސިލަރުންގެ މަސައްކަތަށް ވިލިމާލެ ކައުންސިލަރު ހުރަސް އަޅައި، ބިރު ދައްކާކަމަށް ބުނެ، އޭނާއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ސިޓީ ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ، ކައުންސިލަރުންގެ ރަސްމީ މަސްއޫލިއްޔަތުތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމަށް ވިލިމާލެއަށް ދިއުމުން، ވިލިމާލެ ކައުންސިލަރު ވިދާޅުވެގެންކަމަށް ބުނެ ބަޔަކު ބިރުދައްކާ، މަސައްކަތަށް ހުރަސް އަޅާފައިވާ ކަމަށެވެ. އެހެންކަމުން އެކަން ހިނގައިދިޔަ ގޮތް ބަލައި، ފިޔަވަޅު އެޅުމަށް އެދި އެލްޖީއޭއަށް ހުށަހަޅާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ މިމައްސަލަ ހުށަހެޅީ އެމްޑީޕީގެ ކައުންސިލަރ މަރިޔަމް ރީހާންކަމަށާއި، ތާއީދުކުރެއްވީ ޑެޕިއުޓީ މޭޔަރ އަހުމަދު ނަަރީޝްކަމަށެވެ. އަދި މިހުށަހެޅުން ކައުންސިލުގެ އަޣުލަބިއްޔަތުން ފާސްވެފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މާލެ ސިޓީ ކައުންސިލަރުންގެ މަސައްކަތަށް ވިލިމާލެ ކައުންސިލަރު ހުރަސް އަޅައި، ބިރު ދައްކާކަމަށް ބުނެ، އޭނާއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ސިޓީ ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާއިރު، މީގެކުރިންވެސް ބައެއް ކައުންސިލަރުން ވަނީ މިމައްސަލަ ފެންމަތިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން