ރާއްޖޭގެ ގިނަ ބައެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ، މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޑޫ ސިޓީ މީދޫ ދެކުނުގެ، ޖައުފަރު ފާއިޒް އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 65 އަހަރުގައި ޖައުފަރު ފާއިޒް އަވަހާރަވެފަައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަދުވަސްތަކެއް ފަހުން ރޭގެ ވަގުތެއްގައެވެ.

ޖައުފަރު ފާއިޒަކީ 1960 އާއި 1970ގެ އަހަރުތަކުގައި މަޖީދިއްޔާ ސްކޫލްގައި ފާހަގަކޮށްލެވުނު ދަރިވަރެކެވެ. އަދި ސްކޫލް ނިންމުމަށްފަހު ސަރުކާރުގައި އޭރުގެ މަތީ މަގާމެއްގެ ގޮތުގައި ބަލާ، އިނގިރޭސި ސެކްރެޓަރީއެއްގެ ވަޒީފާ އަދާކުރެއްވިއެެވެ. މީގެއިތުރުން ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެލާނާގޭގެ ވަޒީފާގައިވެސް އުޅުއްވި އެވެ. އަދި 1978 ވަނަ އަހަރު ކޮލެރާ ރޯގާ ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން 1990ގެ އަހަރުތަކުގައި އުނގަންނައި ދިނުމުގެ މަސައްކަތްވެސް ކުރެއްވިއެވެ.

ޖައުފަރު ފާއިޒު ދީނީ އިލްމު އުނގެނިވަޑައިގެންނެވުމަށްފަހު މުޅިންވެސް އުޅުއްވީ ދީނީ އިލްމު ފެތުރުއްވުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމުގެ މަސައްކަތުގައެވެ. އަދި އޭނާގެ އަރިހުން އުނގެނުނު އެތައް ދަރިވަރުންނެއް ދައުލަތުގެ އިސް މަގާމުތަކުގައި މިއަދުވެސް އެބަތިއްބެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން